twitterviber whatsapp telegramfacebookyoutube instagram
12th August 2026

ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތައް ފެށިގެން ކުރިއަށް ދަނީ

Oct 30, 2014

ހދ އަތޮޅު ފެންވަރުގައި ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގާ ހާއްސަ ހަރަކާތްތައް ވައިކަރަދޫގައި މިއަދު ހަވީރު ފެށިއްޖެ އެވެ .

ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފެށިގެން ދިޔައީ ކާބޯތަކެތީގެ މައުރަޒަކުންނެވެ. އެމައުރަޒު ހުޅުވައިދެއްވީ  މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ނައިބު މުހައްމަދު ޝަރީފާއި ހދ އަތޮޅު ކައުންސިލްގެ ރައީސް އާދަމް ނަސީރެވެ.

މި މައުރަޒުގައި ހދ އަތޮޅުގެ 6 ރަށަކުން ބައިވެރިވެފައިވާއިރު މޭވާގެ ބައިންނާއި ތަރުކާރީގެ ބައި އަދި އެހެނިހެން ތަކެތީގެ ބައިން 1 ވަނަ ހޯދައި މުޅި މައުރަޒުން 1 ވަނަ ހޯދާފައިވަނީ މައުރަޒު ބޭއްވުނު ވައިކަރަދޫ އެވެ.

މޭވާގެ ބައިން 2 ވަނައާއި, ފަލަމަޑީގެ ބައިން 1 ވަނައާއި އަދި ތަރުކާރީގެ ބައިން 3 ވަނަ ހޯދައި މުޅި މައުރަޒުން 2 ވަނަ ކުމުންދޫއިން ހޯދާފައިވާއިރު ނޮޅިވަރަންފަރުވަނީ މޭވާގެ ބައިން 3 ވަނަ އަދި ފަލަމަޑީގެ ބައިން 3 ވަނަ ހޯދައި މުޅި މައުރަޒުން 3 ވަނަ ހޯދާފަ އެވެ.

އަދި ތަރުކާތީގެ ބައިން 2 ވަނަ އަދި އެހެނިހެން ތަކެތީގެ ބައިން 3 ވަނަ ހޯދާަފއިވަނީ ކުރިނބީ

އެވެ.

މި މައުރަޒުގައި 6 ރަށުން ތަފާތު ވައްތަރު ކާބޯތަކެތި ވިއްކަމުންދާއިރު މި މައުރަޒަށް ވައިކަރަދޫއިން ވަރަށް ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވެ އެވެ. މި މައުރަޒުގައި ވަނީ ކުރީ ޒަމާނުގައި މީހުން ކުރި ބައެއް މަސައްކަތްތައް ދައްކާލާފަ އެވެ.

މައުރަޒުގައި މޭވާ އާއި ތަރުކާރީ އާއި ފަލަމަޑި އަދި ތަފާތު ވައްތަރުގެ ކުޅި ފޮނި ބާވަތްތައް ބައިވެރިކޮށްފައިވެ އެވެ.

[yass cats=139]

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355