twitterviber whatsapp telegramfacebookyoutube instagram
12th August 2026

ހދ އަތޮޅު ކައުންސިލުން ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި

Oct 31, 2014

ވައިކަރަދޫއިން ނާޒިމް އަދި ވާހިދު

ހދ އަތޮޅު ކައުންސިލުން  އެއްހާސް ގަސް އިންދުމުގެ ޕްރޮގްރާމެއް މިއަދު ވައިކަރަދޫގައި ފަށައިފި އެވެ.

ހދ އަތޮޅުގައި މޭވާ ގަސް އިންދުމަށް ކައުންސިލުން އިސްނަގައިގެން ފެށި މި ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރުކަލްޗަރގެ ނައިބު މުހައްމަދު ޝަރީފެވެ. ޝަރީފް ވަނީ އަނބު ގަހެއް އިންދަވައިދެއްވާފަ އެވެ.

ދަނޑުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ވައިކަރަދޫގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު ހެނދުނު ކުރިއަށްގެންދިޔަ މި ހަރަކާތުގައި އަތޮޅު ކައުންސިލްގެ ރައީސް އާދަމް ނަސީރާއި ނައިބު ރައީސް އަހުމަދު އާތިފް އަދި އަތޮޅު ކައުންސިލްގެ އެހެން މެމްބަރުން ވަނީ ރުއް އިންދަވާފަ އެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ ކުޅުދުއްފުށި ބުރާންޗް މެނޭޖަރ ގާސިމް އަބުދުއްކަރީމާއި ފެނަކަ ކޯޕަރޭޝަންގެ ރީޖަނަލް މެނޭޖަރ އާދަމް މުހައްމަދުވެސް ރުއް އިންދެވި އެވެ.

މީގެ އިތުރުން  ވައިކަރަދޫ ކައުންސިލްގެ ރައީސް އާއި އަތޮޅުގެ އެހެން ރަށްރަށުގެ ކައުންސިލް މެމްބަރުންގެ އިތުރުން ދަނޑުވެރިކަމުގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވި ކޮންމެ ރަށެއްގެ ފަރާތުން ވަނީ ރުކެއް އިންދާފަ އެވެ.

މި ޕްރޮގުރާމުގައި މިއަދު ވައިކަރަދޫ “ކައުންސިލުން ހިނގުމު”ގައި 17 ރުކާއި އަނބުގަހެއް އިންދާފައިވެ އެވެ.

ދަނޑުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ވައިކަރަދޫގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު ހަވީރު ދަނޑުވެރިންނަށް ހާއްސަ ވޯރކްޝޯޕެއް ކުރިއަށްދާނެ އެވެ.

[yass cats=140]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355