“އައިއޭމް ވިތް ލިޓަސް” ކެމްޕޭން ތެރެއިން ކުރިއަށް ގެންދާ ވީކްލީ ސެލްފީ ޕްރޮމޯޝަން މިއަދު ފެށިއްޖެ އެވެ.
ނޮވެމްބަރ 1 ން ޑިސެމްބަރ 4 ށް ކުރިއަށް ގެންދާ މި ކެމްޕޭންގައި ލިޓަސް ޝޯރޫމަށް ވަޑައިގެން “އައިއޭމް ވިތް ލިޓަސް” ކެމްޕޭން ބޯޑާއެކު ސެލްފީއެއް ނެންގެވުމަށް ފަހު ކޮންމެ ބޭފުޅަކުވެސް ފޭސްބުކް ޕްރޮފައިލް ފޮޓޯ ބަދަލު ކުރެއްވުމަށް ފަހު “ހޭޝް ލިޓަސް ސެލްފީ” ކެޕްޝަންގައި ޖެއްސެވުމުން ކޮންމެ ބޭފުޅަކަށް ވެސް ހާއްސަ ކޫޕަނެއް ލިބޭނެ ކަމަށް ލިޓަސްގެ މާކެޓިން މެނޭޖަރ އާސިފް ރަޝީދު ވިދާޅުވި އެވެ.
މި ކެމްޕޭނާ ބެހޭގޮތުން އިތުރަށް މައުލޫމާތު ދެމުން އާސިފް ވިދާޅުވީ ގުރުއަތު ނެގުން ކުރިއަށް ދަނީ ކޮންމެ ހަފްތާއަކު އެއްފަހަރު ކަމަށެވެ. އަދި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ހަމަޖެހިފައިވާ ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.
މި ކެމްޕޭންގެ މަގުސަދަކީ ކަސްޓަމަރުން ޝޯރޫމަށް ޒިޔާރަތްކޮށް ނިއު އެރަވަލްސްތައް ބަލާލުމުގެ ފުރުސަތު އިތުރުކުރުންކަމަށާއި އޭގެ އިތުރުން ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު ޕްރޮމޯޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެފަރާތުން މައުލޫމަތު ދެއެވެ.