twitterviber whatsapp telegramfacebookyoutube instagram
1st June 2026

ހޯމް މިނިސްޓަރ އުމަރު ނަސީރު ކުޅުދުއްފުއްޓަށް ވަޑައިގެންފި

Nov 2, 2014

މިނިސްޓަރ އޮފް ހޯމްއެފެއާޒް އުމަރު ނަސީރު ހދގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެންފި އެވެ.

މިނިސްޓަރ އުމަރު ކުޅުދުއްފުއްޓަށް ވަޑައިގަތީ މިއަދު މެންދުރު 12 ޖެހިއިރު އެވެ.

ހޯމް މިނިސްޓަރުގެ ދަތުރުފުޅާ ބެހޭ ގޮތުން ކުޅުދުއްފުށި އޮންލައިނާ ވާހަކަ ދައްކަވަމުން އެ މިނިސްޓްރީ އިންފޮމޭޝަން އޮފިސަރު ތަޒްމީލް އަބުދުއްސަމަދު ވިދާޅުވީ މިނިސްޓަރުގެ މިދަތުރުފުޅުގައި ހދގެ 3 ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ

ތަޒްމީލް ވިދާޅުވީ މިނިސްޓަރުގެ މިދަތުރުފުޅުގައި ކުޅުދުއްފުށީގެ އިތުރުން ހަނިމާދޫ އާއި ނޭކުރަންދޫއަށް ވަޑައިގަތުމަށް ހަމަޖެހިފަވާ ކަމަށެވެ.

ކުޅުދުއްފުށީގައި ހުންނަ ކުރީގެ ރީޖަނަލް ޑިވެލޮޕްމަންޑު އޮފީސް ހިންގި އިމާރާތާއި އެއިމާރާތުގައި ހުރި ބައެއް އޮފީސްތައް މިނިސްޓަރ އުމަރު ވަނީ ބައްލަވާލައްވާފަ އެވެ. އަދި ކޯޓު މަރުހަލާގައި އޮތް ކުރީގެ އަތޮޅުގެ އަށް ވަޑައިގެން އެތަންވެސް ވަނީ އުމަރު ބައްލަވާލައްވާފަ އެވެ.

މިނިސްޓަރ ގެ މިދަތުރުފުޅުގައި މިއަދު ހެނދުނު ނޭކުރަންދޫއަށް ވަޑައިގެން އެރަށުގައި ޖަލު އެޅުމަށް ބައްލަވަންޖެހޭ ކަންކަން ވަނީ ބައްލަވާލައްވާފަ އެވެ.

ހޯމް މިނިސްޓަރ އުމަރު ނަސީރުގެ މި ދަތުރުފުޅުގައި ހަނިމާދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އެވެ.

މީގެ ކުރިން ހޯމް މިނިސްޓަރ އުމަރު ނަސީރު ދެފަހަރަކަށް ހދ އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހި ދަތުރުތައް ވަނީ ކެންސަލުކޮށްފަ އެވެ.

[yass cats=142]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355