ހއ. ހޯރަފުށީ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އިއްޔެ ފައްޓަވައިދެއްވައިފި އެވެ.
ހޯރަފުށީގެ ނަރުދަމާ ނިޒާމަކީ އެންވަޔަރމަންޓް މިނިސްޓްރީން އެމް.ޑަބްލިއު.އެސް.ސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.
ނަރުދަމާ ނިޒާމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށްޓަކައި އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި، ހޯރަފުއްޓަށް ދިމާވެފައިވާ ގިނަ މައްސަލަތަކަށް އަންނަ އަހަރުގެ ބަޖެޓުގައި ހައްލު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތުން އެރަށުގެ ސިއްހީ މަރުކަޒު ފެންވަރު ރަގަނޅު ކޮށް ރަށް ގިރަމުންދާ މައްސަލައަށް ހައްލެ ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި 2015 ވަނަ އަހަރު ހޯރަފުށީގައި ފެންޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެކަން ފާހަގަ ކުރެއްވި އެވެ.
އޭގެ އިތުރުން އިހަވަންދިއްޕޮޅުގެ “އައިހެވަން” ޕްރޮޖެކްޓަކީވެސް ހއ އަތޮޅަށް އަންނާނެ ޕްރޮޖެކްޓެއް ކަމަށާއި މި ޕްރޮޖެކްޓްވާނީ އެ އަތޮޅަށް އަންނަ އެންމެ ބޮޑު ޕްރޮޖެކްޓަށް ކަމަށް ވެސް ވިދާޅުވެފަ އެވެ.
ހޯރަފުއްޓަށް ކުރެއްވި ދަތުރު ނިންމަވާ ލެއްވުމަށް ފަހު އިއްޔެ ހަވީރު ވަނީ ރައީސް ޔާމިން ކުޅުދުއްފުއްޓަށް ވަޑައިގެންފަ އެވެ.