twitterviber whatsapp telegramfacebookyoutube instagram
11th April 2026

ހދ އަތޮޅުން އިތުރު 5 ރަށް ޓޫރިޒަމަށް ހުޅުވާލާނެކަން ރައީސް އިއުލާން ކުރައްވައިފި

Nov 4, 2014

ހދ އަތޮޅުން 5 ރަށް މުޅިން އަލަށް ރިސޯޓް ތަރައްގީ ކުރުމަށް ނިންމާ އެރަށް ތައް ރައީސް އަބްދުއްﷲ ޔާމީން އިއުލާން ކުރައްވައިފި އެވެ.

މިރޭ ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހދ އަތޮޅަށް އެކަނި 5 ރަށް ރިސޯޓް ތަރައްގީކުރުމަށް ދޫކުރުމަށް ސަރުކާރުން ނިންމާވާފައިވާ ކަމަށާއި އަދި އެރަށްތަކުގެ ލިޔެކިޔުމުގެ ކަންކަން މިމަހުގެ ތެރޭގައި ނިންމާލެވޭ ވަރުވާނޭ ކަމަށެވެ.

ހދ އަތޮޅަށް ރިސޯޓް ތަރައްގީކުރުމަށް ދޫކުރަން ސަރުކާރުން ނިންމާ ރައީސް މިރޭ އިއުލާން ކުރެއްވި ރަށްތަކަކީ ދިއްޕޮޅުފުއްޓާއި ވައިކަރަމުރައިދޫ އާއި ކަނަމަނަ އަދި ކުޑަމުރައިދޫގެ އިތުރުން ކޭލަކުނާއި ކަނަމަނަ ކައިރީގައި އޮންނަ ފަޅެއް ކަމުގައިވާ ކުޑަފަރުފަސްގަނޑެވެ.

ރައީސް ވިދާޅުވީ ކޭލަކުނަކީ “އިންޓަގުރޭޓެޑް” ޓޫރިޒަމެއް ގާއިމް ކުރުމަށް ވަރަށް އެކަށޭނެ ރަށެއް ކަމަށާއި އެރަށް ތަރައްގީކުރަނީ އެގޮތަށް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މިކަމުގެ ސަބަބުން ކުޅުދުއްފުއްޓާ ހދ އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް މަންފާ ކުރާނެ ކަމަށެވެ.

ކުޅުދުއްފުއްޓަކީ އުތުރުގެ ނާރެސް ކަމަށާއި ކުޅުދުއްފުށީ ތަރައްގީކުރުމަށް ރައްޔިތުންގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355