twitterviber whatsapp telegramfacebookyoutube instagram
15th May 2025

ކުޅުދުއްފުށީގައި އެއާޕޯޓް އެޅޭނެ، އަޅަން ޖެހޭނެ: ރައީސް ޔާމިން

Nov 4, 2014

ކުޅުދުއްފުށީގައި އެއާޕޯޓް އެޅޭނެ ކަމަށާއި އުތުރުގެ ނާރެހަކަށް ކުޅުދުއްފުށި ބަދަލުވެގެންދާއިރު ކުޅުދުއްފުއްޓަށް އެއާޕޯޓެއް ކޮންމެހެން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމިން މިހެން ވިދާޅުވީ މިރޭ ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ކުޅުދުއްފުށީގައި އެއާޕޯޓް އެޅޭނެ ކަމަށާއި އެއާޕޯޓް އަޅަން ބޭނުންވާ ސަރަހައްދުން ބަދަލު ދޭންޖެހޭ ފަރާތްތަކަށް ބަދަލު ދީފަ ނަމަވެސް އެއާޕޯޓް އެޅޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ މާލެއިން ކުޅުދުއްފުއްޓަށް އައުމަށްޓަކާ ހަނިމާދޫއަކަށް ދާން ނުޖެހޭނެކަމަށާއި ކުޅުދުއްފުށީގެ ދިހަހާހަށް ވުރެ ގިނަ ރައްޔިތުންގެ ހައްގުގައި އެއާޕޯޓް އަޅާނެކަމަށެވެ.

ހަތަރު ސަތޭކަ އެއްހާ މީހުން ތިބި މިޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އެއާޕޯޓެއްގެ މަސައްކަތް ކުޅުދުއްފުށީގައި ކުރިއަށްދާއިރު ސިޓީ ހޮޓަލެއް ހެދުމަށް ސަރުކާރަށް ކުޅުދުއްފުށިން ޒޯނެއް ސަރަހައްދެއް ބޭނުންވާ ކަމަށެވެ. އަދި ކައުންސިލުން އެކަމަށް ބިމެއް ހަމަޖައްސައިދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އިގްތިސާދީ ގޮތުން ކުޅުދުއްފުށި ތަރައްގީ ކުރުމުން ހދ އަތޮޅުގެ އިތުރުން މުޅި އުތުރަށް އެކަމުގެ ފައިދާކޮށް އެތައް ޒުވާނުންނަކަށް ވަޒީފާގެ ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355