twitterviber whatsapp telegramfacebookyoutube instagram
15th May 2025

ލާމަރުކަޒީ ނިޒާމުގައި އަންހެނުންގެ ދައުރު އިތުރުކުރުމާ ބެހޭ ވޯކްޝޮޕެއްގައި އުއްމު ތައިލެންޑަށް

Nov 5, 2014

ލާމަރުކަޒީ ނިޒާމުގައި އަންހެނުންގެ ދައުރު އިތުރުކުރުމާ ބެހޭގޮތުން، އަންހެން ކައުންސިލަރުންނަށް އަމާޒުކޮށްގެން ޔޫއެންޑީޕީން ކުރިއަށް ގެންދާ ވޯކްޝޮޕެއްގައި ބައިވެރިވުމުގެ ފުރުޞަތު ހދ އަތޮޅު ކައުންސިލުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ކައުންސިލަރ އުއްމުކުލްސޫމް އިބްރާހީމަށް ލިބިއްޖެ އެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން ޔޫއެންޑީޕީގެ އޮފިޝަލެއްކަމަށްވާ ޝަމްހާ ވިދާޅުވީ މި ވޯކްޝޮޕްގައި ރާއްޖެއިން ބައިވެރިވާނީ ތިން ފަރާތަކުން ކަމަށާއި އެއީ އުއްމުކުލްސޫމްގެ އިތުރުން އދ އަތޮޅު ކައުންސިލަރ ޝުހާނާ އާއި ޔޫއެންޑީޕީގެ ފަރާތުން ބޭފުޅެއް ކަމަށެވެ.

މި މަހުގެ 19 އިން 27 ން ތައިލެންޑްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕްގެ މަގުސަދަކީ އަވަށްޓެރި ގައުމުތަކުގައި އަންހެން ކައުންސިލަރުން އުޅޭގޮތާއި އެ ކައުންސިލަރުންގެ ވާހަކަތައް އެކަކު އަނެކަކާ ހިއްސާކޮށް ތަޖުރިބާ ހޯދުން ކަމަށެވެ. އަދި ކައުންސިލަރުން އިތުރަށް “ފެސިލިޓޭޓް” ކުރުން ކަމަށްވެސް ޝަމްހާ ވިދާޅުވި އެވެ.

މި ވޯކް ޝޮޕަށް މި ދެ ފަރާތް ހޮވާފައިވަނީ އެލްޖީއޭއާ ގުޅިގެން ކަމަށާއި މި ވޯކްޝޮޕަކީ އަންހެނުންނަށް ހާއްސަ ޕްރޮގްރާމެއް ކަމަށްވާތީ އަންހެން ކައުންސިލަރުންނަށް އިސްކަންދީފައިވާ ކަމަށެވެ.

ތައިލެންޑްގެ ބެންކޮކްގައި މި ވޯކްޝޮޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ގެ ނިޔަލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355