twitterviber whatsapp telegramfacebookyoutube instagram
15th May 2025

ކުޅުދުއްފުށީގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނެއްގެ ފައި ބިނދިއްޖެ

Nov 6, 2014

ކުޅުދުއްފުށީގައި ދެ ސައިކަލް ޖެހި މިރޭ ހިނގި އެކްސިޑެންޓެއްގައި ޒުވާނެއްގެ ފައިބިނދިއްޖެ އެވެ.

ކުޅުދުއްފުށީ އަމީނީމަގުގެ ހުންނަ އެމްއޯސީ ބުކްޝޮޕް ކުރިމަތީގައި ހިނގި މިއެކްސިޑެންޓުގައި ފައިބިނދިފައި ވަނީ އެކްސިޑެންޓްވި އެއްސައިކަލުގެ ފަހަތުގައި އިން ކުޅުދުއްފުށީ ކޮށީގެ ހުސެއިން މުހައްމަދު (25) އެވެ. އޭނާ އިން ސައިކަލް ދުއްވަން އިނީ ކުޅުދުއްފުށީ ފާލްސާގެ ހުސެއިން އަލީ (35) އެވެ.

ބިންދައިގެން ގޮސްފައިވަނީ ހުސެއިން މުހައްމަދުގެ ކަނާތުފައިގެ ކުޑަހުޅާ ދިމާލުންނެވެ. އޭނާގެ ވައިތުފައިގައި ނުކުޅެދުންތެރިކަމެއް ކުރިންވެސް ހުރުމުގެ ސަބަބުން އާއްމުކޮށް މުހައްމަދު ހުސެއިނަކީ ހިނގާ އުޅުމުގައި ދަތިކަމެއް ދިމާވާ ޒުވާނެކެވެ.

ދެވަނަ ސައިކަލް ދުއްވަން އިނީ ލައިސަންސް ނެތް އުމުރުން 17 އަހަރުގެ ކުޑަކުއްޖެކެވެ. އެއީ ކުޅުދުއްފުށީ ތަންބީގެ އަމްޖަދު އާދަމެވެ.

އެކްސިޑެންޓްވި ވަގުތު އެތަނުގައި ތިބި ބައެއް މީހުން ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން ބުނީ ދެ ސައިކަލް ވެސް ދުއްވަމުން އައީ އަމީނީމަގު އުތުރުން ދެކުނަށެވެ. އަދި ވަކި ހިސާބަކުން ކުއްލިއަކަށް އަމްޖަދު ދުއްވަމުން ދިޔަ ސައިކަލް ކުރިމަތިން އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި އެކްސިޑެންޓްވީ ކަމަށެވެ.

މިރޭ 8:15 އެހާއިރު ހިނގި މި އެކްސިޑެންޓްގައި ފައިބިނދުނު ޒުވާނާގެ އިތުރުން އަނެއް ދެމީހުންނަށް މާބޮޑު އަނިޔާވެފައިނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355