twitterviber whatsapp telegramfacebookyoutube instagram
9th July 2025

މައި ކޮލެޖްގެ ކެމްޕަހެއް ކުޅުދުއްފުށީގައި ހުޅުވައިފި

Nov 8, 2014

މިއާންޒް އިންޓަނޭޝަނަލް ކޮލެޖް (މައި ކޮލެޖް) ގެ ކެމްޕަހެއް ކުޅުދުއްފުށީގައި ހުޅުވައިފި އެވެ.

މައި ކޮލެޖްގެ ކުޅުދުއްފުށީ ކެމްޕަސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެކޮލެޖްގެ ރެކްޓަރ ޑރ. އާމާލް އަލީ އެވެ.

ރޭ ހދ. ޓީއާރުސީގައި ބޭއްވި މިރަސްމިއްޔާތުގައި ކުރީގެ ޖެންޑަރ މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. އާމާލް ވިދާޅުވީ އެކޮލެޖްގެ އަމާޒަކީ ރާއްޖެތެރެއަށް ތައުލީމް ފުޅާކޮށް ރަށުގައި ތިބެގެން ތައުލީމް ހޯދުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުން ކަމަށެވެ.

އާމާލް ވިދާޅުވީ މައި ކޮލެޖްގެ އަމާޒަކީ ތަފާތު ރަގަޅު މައުލޫމާތު ފޯރުކޮށްދޭ އަދި ގިނަ ޕްރޮގުރާމްތަކެއް ހިންގޭ އެކުވެރި ގުޅުން ބަދަހިކުރެވޭ ތަނަކަށް ކުޅުދުއްފުށީގައި މިހުޅުވުނު ކެމްޕަސް ވުންކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ ކުޅުދުއްފުށީގައި ގިނަ ކޮލެޖްތަކެއް ހުޅުވިގެން ދިއުމަކީ ވަރަށް ބޭނުންތެރި، އެކަމުގެ ސަބަބުން ގިނަ ބަޔަކަށް ފައިދާކުރާނެ ކަމަށެވެ. އަދި ގިނަ ކޮލެޖްތައް ހުޅުވި ވާދަވެރިކަން އުފެދުމުން ތައުލީމީގޮތުން އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމެއްކަން އަލީ ފާހަގަކުރެއްވި އެވެ.

މައި ކޮލެޖްގެ ކޯސްތަކެއް މީގެ އަހަރެއްހާ ދުވަސްކުރިން ކުޅުދުއްފުށީގައި ވަނީ ފަށާފަ އެވެ. ރޭގެ ރަސްމިއްޔާތުގައި އެކޮލެޖްގެ އާއިމާރާތް ވެސް ވަނީ ހުޅުވާފަ އެވެ. އަދި މިއަދުން ފެށިގެން އެތަނުގެ ހިދުމަތްދޭން ވެސް ވަނީ ފަށާފަ އެވެ.

އެކޮލެޖްގެ އާއިމާރާތް ހުންނަނީ ޕޯސްޓް އޮފީހުގެ ދެކުނު ހުންނަ ތިން ބުރި އިމާރާތުގެ މަތީ ދެ ފަންގިފިލާގަ އެވެ.

އަންނަ އަހަރު އެކޮލެޖްގައި 7 ކޯހެއް ފެށުމަށްވަނީ ހަމަޖެހިފައި އެވެ. އެއީ ސެޓްފިކެޓް ތްރީއިން އޮފީސް މެނޭޖްމެންޓާއި ސެޓްޕިކެޓް ތްރީއިން ހިޔުމަން ރިސޯސް މެނޭޖްމެންޓާއި ސެޓްފިކެޓް ތްރީއިން އާރލީ ޗައިލްހުޑް އެޑިއުކޭޝަންގެ އިތުރުން ޑިޕްލޮމާއިން އާރލީ ޗައިލްހުޑް އެޑިއުކޭޝަނާއި ޑިޕްލޮމާއިން ހިޔުމަން ރިސޯސް މެނޭޖްމެންޓާއި ޑިޕްލޮމާއިން އެކައުންޓިން އަދި ޑިޕްލޮމާއިން ބިޒްނަސް ކޯހެވެ.

މިރަސްމިއްޔާތުގައި އެކޮލެޖްގެ ވައިސް ރެކްޓަރ އަބްދުލް އަޒީޒް ޔޫސުފާއި އެކޮލެޖްގެ ކުޅުދުއްފުށީގެ ކެމްޕަހުގެ ލެކްޗަރާއިން ބައިވެރިވި އެވެ.

[yass cats=143]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355