twitterviber whatsapp telegramfacebookyoutube instagram
12th August 2026

ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ލިސްޓްގައި މިފަހަރުވެސް ކުޅުދުއްފުށީގެ މަޝްހޫރު ވިޔަފާރިތަކެއް

Nov 9, 2014

މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ބަޔާން މިއަހަރުގެ ދެވަނަ ތިން މަސްދުވަހުގެ ތެރޭގައި ހުށަނާޅާ އަދި ޓެކްސް ނުދައްކާ ފަރާތްތަކުގެ ލިސްޓްގައި ކުޅުދުއްފުށީގެ މަޝްހޫރު ފިޔަފާރިތަކެއް މިފަހަރުވެސް ހިމެނިއްޖެ އެވެ.

ބުރާސްފަތި ދުވަހު މީރާއިން އާންމުކޮށްފައިވާ ލިސްޓްގައި ހިމެނެނީ މިއަހަރުގެ ދެވަނަ ތިން މަސްދުވަހުގެ ޖީއެސްޓީ ބަޔާން ހުށަނާޅާ އަދި ޓެކްސް ނުދައްކާ ފަރާތްތަކެވެ.

މިލިސްޓްގައި ކުޅުދުއްފުށީގެ މަޝްހޫރު ދެފިހާރައަކާއި ސައި ހޮޓަލެއްގެ އިތުރުން ރެސްޓޯރެންޓެއް ވެސް ހިމެނެ އެވެ. އެއީ ބަރާބަރު ފިހާރަ އާއި ފެހިދޫލަ އަދި މައިޒާން ހޮޓަލާއި ފަންއިލޮށި ރެސްޓޯރެންޓެވެ.

މީގެ ތެރެއިން ބަރާބަރު ފިހާރައިން މިދިޔަ އަހަރުގެ ފަހު ކުއާޓާ އާއި މިއަހަރު 2 ވަނަ ކުއާޓާގައި ޖީއެސްޓީ ބަޔާން ހުށަނާޅާކަމަށް މީރާއިން ބުރާސްފަތި ދުވަހު އާއްމުކުރި ލިސްޓުން ދައްކަ އެވެ.

ހދ މާވައިދޫ އަބްދުﷲ އިންވެސްޓްމެންޓާއި ވައިކަރަދޫ ސަން ޓްރީ މޯލްޑިވްސް ޕލޓ ވެސް ޖީއެސްޓީ ނުދައްކާ ފަރާތަކުގެ ލިސްޓްގައި ވަނީ ހިމެނިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355