twitterviber whatsapp telegramfacebookyoutube instagram
11th April 2026

ދިރާގުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދެ ލައްކަ ރުފިޔާގެ ތަކެތި ހަވާލުކޮށްފި

Nov 11, 2014

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީ އަށް ބޭނުންވާ މީހުން ތިބޭ މަރުކަޒަށް ދެލައްކަ ރުފިޔާގެ ތަކެތި ދިރާގުން ހަދިޔާކޮށްފި އެވެ.

އެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ ފަރާތުން ވަނީ ފިޒިއޮތެރަޕީ އަށް ބޭނުންވާ ތަކެއްޗާއި ސިއްހީ ފަރުވާ އަށް ބޭނުންވާ ސާމާނު ހަދިޔާ ކޮށްފަ އެވެ. އެގޮތުން އީސީޖީ މެޝިނާއި އޮޓޯކްލޭވަކާއި ކޮލެސްޓްރޯލް ޓެސްޓިން މެޝިނަކާއި ގްލޫކޮމީޓަރަކާއި ވީލް ޗެއާ އާއި ވޯކާސް އާއި ކޮމޯޑް ޗެއާ އާއި ޓްރެޑްމިލްގެ އިތުރުން ގިނަ ސާމާނު ހިމެނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވީ މުޖުތަމައުގެ ތެރޭގައި އުފާވެރިކަމާއި ހަމަޖެހުން އޮންނާނީ ވިޔަފާރި ކުރާ ފަރާތްތަކުން މި ފަދަ އެހީތެރިކަން ފޯރުކޮށްދީގެން ކަމަށެވެ. އަދި އެގޮތުން އެހެން ވިޔަފާރިވެރިންނަށް މުޖުތަމައުއަށް ފައިދާވާނެ މިފަދަ ހިދުމަތްތައް އަދާކުރުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

ދިރާގުން ވަނީ 2010 ވަނަ އަހަރު ވެސް އެ މަރުކަޒަށް، ފިޒިއޮތެރަޕީއަށް ބޭނުންވާ ސާމާނު ހަދިޔާ ކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355