twitterviber whatsapp telegramfacebookyoutube instagram
24th December 2025

ވައިކަރަދޫ ފުޓްބޯޅަ ދަނޑު ކޮންނަނިކޮށް މިނި ކަށިތަކެއް ފެނިއްޖެ

Nov 11, 2014

ހދ ވައިކަރަދޫ ފުޓްބޯޅަ ދަނޑަށް ފެންޖެހުމަށް ވަޅެއް ކޮންނަނިކޮށް މިނި ކަށިތަކެއް ފެނިއްޖެ އެވެ.

މިއަދު ހަވީރު 5 ޖަހާކަށްހާއިރު މި ކަށިތައް ފެނިފައިވަނީ ބޯޅަ ދަނޑަށް ފެންޖެހުމަށް ހައިމާކުން 20 ފޫޓް 20 ފޫޓް ވަޅެއް ކޮންނަމުންދަނިކޮށެވެ. ބޯޅަ ދަނޑުގެ ހުޅަނގު ދެކުނު ފަރާތުން ފެނުނު މި ކަށިތަކަކީ ވަރަށް ދުވަސްވީ މިނި ކަށިތަކެއް ކަމަށް އެ ރަށުން މައުލޫމާތުލިބެ އެވެ.

މީގެ ކުރިން އެ ބޯޅަ ދަނޑުގައި ޓެންޓް ހެދުމަށް ވެލި ނެގިއިރުވެސް އާސާރީ ސަމާނު އެ ސަރަހައްދުން ފެނިފައިވާ ކަމަށް އެ ރަށުން ބުނެ އެވެ.

މިއަދު ވައިކަރަދޫއިން ފެނުނު ކަށިތަކުގައި ތިން ގަބުރެއްގެ ކަށި ހިމެނޭ ކަމަށް މައުލޫމާތުލިބެ އެވެ.

މިދިޔަ އާދިއްތަ ދުވަހު ވ.ރަކީދޫ ކޯޓް ބޮޑު ކުރުމަށް ކޮންނަމުން ދަނިކޮށްވެސް ވަނީ މިނި ކަށިތަކެއް ފެނިފަ އެވެ. އަދި ފެންހޮޅި ވަޅުލުމުގެ މަގު ކޮންނަމުންދަނިކޮށް އާސާރީ ބިނާއެއްގެ ބިންގަލެއް މިދިޔަ ހުކުރު ދުވަހު އިހަވަންދޫއިން ވަނީ ފެނިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355