twitterviber whatsapp telegramfacebookyoutube instagram
10th September 2025

ޖަލާލުއްދީން ސްކޫލްގެ މަސައްކަތު ދުވަހުން 46 ހާހަށް ވުރެ ގިނަ ރުފިޔާ ހޯދައިފި

Nov 12, 2014

މިދިޔަ ހޮނިހިރު ދުވަހު ޖަލާލުއްދީން ސްކޫލުން ކުރިއަށް ގެންދިޔަ މަސައްކަތު ދުވަހުން އެސްކޫލަށް 46 ހާހަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

ޖަލާލުއްދީން ސްކޫލްގެ އިންފޮމޭޝަން އޮފިސަރ އައިމިނަތު މުހައްމަދު މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސްކޫލްގެ ޕީޓީއޭއިން އިސްނަގައިގެން ހިންގި މި ހަރަކާތުގައި ޖުމްލަ 46510 ރުފިޔާ ލިބިފައިވާ ކަމަށެވެ.

ސްކޫލްގެ ހުރިހާ ބެލެނިވެރިން 58 ގްރޫޕަކަށް ބެހުމަށްފަހު ރަށުގެ ހުރިހާ ގެއަކަށް ގޮސް ގޭގޭގައި މަސައްކަތް ކޮށްދީގެން މި ފައިސާ ބެލެނިވެރިން ހޯދާފައިވާއިރު މި ފައިސާ ބޭނުންކުރަން ހަމަޖެހިފައިވަނީ ސްކޫލަށް ބޭނުންވާ ތަރައްގީ ގެނުމަށެވެ.

ޖަލާލުއްދީން ސްކޫލާއި ސްކޫލްގެ ޕީޓީއޭއިން އިސްނަގައިގެން ސްކޫލަށް ރުފިޔާ ހޯދުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންގެންދާކަން ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355