twitterviber whatsapp telegramfacebookyoutube instagram
5th November 2025

ކުޅުދުއްފުށީގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ގޮތްޕެއް ގާއިމް ކުރުމަށް ނިންމައިފި

Nov 13, 2014

ހދ. ކުޅުދުއްފުށީގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ގޮތްޕެއް ގާއިމް ކުރަން ނިންމައިފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް، ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އަންނަ ޖެނުއަރީ މަހުގެ ތެރޭގައި އައްޑޫ ސިޓީއާއި ކުޅުދުއްފުށީގައި އެ ޑިޕާޓްމަންޓުގެ ގޮތްޕެއް ގާއިމްކުރެވިގެންދާނެ ކަމަށެވެ.

އެގޮތުން އެ ޑިޕާޓްމެންޓުން ކުރިއަށް ގެންދާ އޮޕެރޭޝަންތައް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމުގެ ގޮތުން ކުޅުދުއްފުށި އަދި އައްޑޫ ގައިވެސް ކުއްތާ ބޭނުންކުރުމަށް ވެސް ހަމަޖެހިފައިވާކަމަށް ޝިފާން ވިދާޅުވި އެވެ.

އަލަށް ގާއިމް ކުރުމަށް ހަމަޖެހިފައިވާ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ދެ ގޮތްފި އަންނަ އަހަރު ޖެނުއަރީގައި މަހު ގާއިމް ކުރެވިގެން ދާނެކަމަށާއި އޭގެ އިތުރުން ޑޯގް ސްކޮޑު ނުވަތަ އޮޕެރޭޝަނަލް ސަޕޯޓެއް ގާއިމް ކުރެވިގެންދާނެކަމަށް ފުލުހުން ހާމަކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355