twitterviber whatsapp telegramfacebookyoutube instagram
15th May 2025

ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ޓްރޭޑް ފެއަރ ރޭ ހުޅުވައިފި

Nov 15, 2014

ޖަލާލުއްދީން ސްކޫލާއި ކުޅުދުއްފުށީގެ ވިޔަފާރިވެރިން ގުޅިގެން ބާއްވާ ޓްރޭޑް ފެއަރ ރޭ ހުޅުވައިފި އެވެ.

18 ސްޓޯލާއެކު ފެށުނު މިފެއަރ ހުޅުވައިދެއްވީ ހދ އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަހުމަދު އާތިފާއި އެކައުންސިލްގެ މެމްބަރުންނެވެ.

އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މިފެއަރ ހޮނިހިރު ދުވަސް ފިޔަވާ ކޮންމެ ރެއަކު 8:00 ން 10:30 ހުޅުވިފައި ހުންނައިރު މިއަދު ހެނދުނު 9:00 ން 22:30 އަށް ހުޅުވިފައިހުންނާނެ ކަމަށް ޖަލާލުއްދީން ސްކޫލުން މައުލޫމާތުދެ އެވެ.

މިފެއަރ އިން 100 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއެއް ކުރައްވާ ފަރާތަކަށް ލަކީޑްރޯއެއްގައި ބައިވެރިވެވޭނެ އެވެ. އަދި ގުރުއަތުން ހޮވޭފަރާތަކަށް ހާއްސަ އިނާމްތަކެއް ވަނީ ހުށަހަޅާފަ އެވެ.

ކުޅުދުއްފުށީ އޮންލައިނާ ވާހަކަ ދެއްކި ފެއާރގެ ބައިވެރިވި ވިޔަފާރިވެރިން ބުނީ އާއްމުކޮށް ފިހާރަތަކުގައި މުދާ ވިއްކާ އަގަށް ވުރެ ފެއަރގައި މުދާ އަގުހެޔޮ ވާނެ ކަމަށެވެ.

ފެއަރގައި ކުޅުދުއްފުށީގެ މަޝްހޫރު ވިޔަފާރިތަކާއި ރެސްޓޯރެންޓްތަކުން ސްޓޯލްތައް ބެހެއްޓިފައިވެ އެވެ.

[yass cats=147]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355