twitterviber whatsapp telegramfacebookyoutube instagram
10th September 2025

ގައުމީ ވާހަކަ ލިޔުމުގެ މުބާރާތުގެ ސްކޫލްތަކުގެ ބައިން 2 ވަނަ ޖަލާލުއްދީން ސްކޫލް ހޯދައިފި

Nov 15, 2014

ގައުމީ ވާހަކަ ލިޔުމުގެ މުބާރާތުގެ ސްކޫލްތަކުގެ ބައިން 2 ވަނަ ޖަލާލުއްދީން ސްކޫލަށް ލިބިއްޖެ އެވެ.

ދިވެހި ބަހުގެ އެކަޑަމީއިން މިދިޔަ މަހު 26 ގައި ކުރިއަށްގެންދިޔަ މިމުބާރާތުގައި ޖަލާލުއްދީން ސްކޫލްގެ 10 ދަރިވަރަކު ވަނީ ބައިވެރިވެ ވާހަކަ ލިޔެފަ އެވެ.

ފަހަކަށް އައިސް ގައުމީ ބޮޑެތި މުބާރާތަކެއްގައި ޖަލާލުއްދީން ސްކޫލުން ވާދަކޮށް، ރަންވަނަ ތަކެއް ވަނީ ހާސިލުކޮށްފަ އެވެ.

އެގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުން ބޭއްވި އިންޓަރ ސްކޫލް ހިއުމަން ރައިޓްސް ތިއޭޓަރ ފެސްޓިވަލްގައި މާލޭގެ ގިނަ ސްކޫލްތަކަކާ ވާދަކޮށް އެ މުބާރާތުން ޖަލާލުއްދީން ސްކޫލް ވަނީ އެއްވަނަ ހޯދާފަ އެވެ.

އަދި އެކޮމިޝަނުން މުޅި ރާއްޖޭގެ ހުރިހާ މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލްތަކުގެ ދަރިވަރުންނަށް ހުޅުވާލި މަޒުމޫނު ލިޔުމުގެ މުބާރާތުންވެސް އެއްވަނަ ޖަލާލުއްދީން ސްކޫލްގެ ދަރިވަރެއްކަމުގައިވާ އައިޝަތު ލީނާޒް ވަނީ ހޯދާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355