twitterviber whatsapp telegramfacebookyoutube instagram
11th April 2026

އެއްގަމު ލައިސަންސް ކާޑު ހެދުމަށް ނަގާ ފީ ބޮޑުކުރަން ހދ އަތޮޅު ކައުންސިލުން ނިންމައިފި

Nov 16, 2014

އެއްގަމު ލައިސަންސް ކާޑު ހެދުމަށް ނަގާ ފީ އަންނަ މަހުން ފެށިގެން ބޮޑުކުރަން ހދ އަތޮޅު ކައުންސިލުން ފާސްކޮށްފި އެވެ.

މިހާރު އަތޮޅު ކައުންސިލުން ހަދައިދޭ އެއްގަމު ލައިސަންސް ކާޑު ހެދުމަށް ނަގަނީ 250 ރުފިޔާ އެވެ. ނަމަވެސް ޑިސެމްބަރު މަހުން ފެށިގެން ކާޑު ހަދައިދޭ އަގު 350 ރުފިޔާއަށް ބޮޑުކުރަން ކައުންސިލް 34 ވަނަ އާއްމު ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ.

ހދ އަތޮޅު ކައުންސިލުން އާއްމުކުރި އިއުލާނެއްގައި ބުނެފައިވަނީ އެއިދާރާއިން އެއްގަމު ލައިސަންސް ކާޑު ހެދުމަށް ނަގާ ފީ ބޮޑުކުރަން ނިންމީ ކާޑު ހެދުމުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އެ ހިދުމަތް އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެކަމަށް ކައުންސިލުން ބޮޑު ހޭދައެއް މިހާރު ކޮށްފައިވާތީ ކަމަށެވެ.

އެއްގަމު ލައިސަންސް ކާޑު ހިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް އެއިދާރާއިން ކުރި ހަރަދުގެ ތަފްސީލެއް އެ އިއުލާނެއްގައި ހާމަކޮށްފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355