twitterviber whatsapp telegramfacebookyoutube instagram
10th July 2025

ވިލާ ކޮލެޖަށް އޭސީޔޫގެ މެންބަރުކަން ލިބިއްޖެ

Nov 16, 2014

ދުނިޔޭގެ އެންމެ ފުރަތަމަ އަދި އެންމެ ގިނަ ދުވަސްވީ ބައިނަލް އަގްވާމީ ޔުނިވާސިޓީ ނެޓްވޯކް ކަމަށްވާ ދި އެސޯސިއޭޝަން އޮފް ކޮމަންވެލްތް ޔުނިވާސިޓީ (އޭސީޔޫ)ގެ މެންބަރަކުން ވިލާ ކޮލެޖަށް ލިބިއްޖެ އެވެ.

1913 ވަނަ އަހަރު ވުޖޫދަށް އައި މި އެސޯޝިއޭޝަނުގެ މެންބަރުކަން ރާއްޖޭގެ މުއައްސަސާއަކަށް ލިބުނު މިއީ ފުރަތަމަ ފަހަރެވެ.

މިދިޔަ ހުކުރު ދުވަހު ވިލާ ކޮލެޖަށް އޭސީޔޫގެ މެންބަރުކަން ލިބިފައިވާއިރު އޭސީޔޫގެ މެންބަރަކަށްވުމުގެ ސަބަބުން އެ އެސޯސިއޭޝަންގެ މެންބަރުންގެ ގޮތުގައި ތިބި ޔުނިވާސިޓީތަކާއެކު ދަރިވަރުންނާއި ސްޓާފުން އެކްސްޗޭންޖް ޕްރޮގްރާމްތަކާއި ރިސާޗް ޕްރޮގްރާމްތައް ހިންގުމުގެ މަގު ވިލާ ކޮލެޖަށް އިތުރަށް ތަނަވަސްވެގެންދާނެ އެވެ.

އޭސީޔޫގެ ބައެއް މެންބަރުންގެ ގޮތުގައި ދުނިޔޭގެ މަޝްހޫރު އަދި ފާހަގަކޮށްލެވޭ ޔުނިވާސިޓީ އޮފް ކޭމްބްރިޖާއި ޔުނިވާސިޓީ އޮފް އޮކްސްފޯޑާއި ޔުނިވާސިޓީ އޮފް ލަންޑަނާއި ޔުނިވާސިޓީ އޮފް މެލްބަން ގެ އިތުރުން ނެޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޯ ފަދަ ޔުނިވާސިޓީތައް ހިމެނެ އެވެ.

މި އެސޯސިއޭޝަންގެ ގެ މެންބަރުންގެ ގޮތުގައި ކޮމަންވެލްތް ގައުމުތަކުގެ ތެރެއިން 37 ގައުމެއްގެ 535 ޔުނިވާސިޓީއެއް ހިމެނޭއިރު މި އެސޯސިއޭޝަން ހިންގުމާ ހަވާލުވެ ހުންނެވީ އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބަތު 2 އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355