twitterviber whatsapp telegramfacebookyoutube instagram
1st June 2026

ކުޅުދުއްފުއްޓަށާއި ދިއްދުއަށް އަންނަ މަހު ރައީސް ނަޝީދު ވަޑައިގަންނަވަނީ

Nov 16, 2014

ހދ ކުޅުދުއްފުއްޓަށާއި ހއ ދިއްދޫއަށް އަންނަ ޑިސެމްބަރު މަހު ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ކުޅުދުއްފުށި އޮންލައިނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ އިސް އޮފިޝަލަކު ބުނީ އަންނަ މަހު އެމްޑީޕީއިން ކުޅުދުއްފުއްޓަށާއި ދިއްދޫއަށް ކުރާ ބޮޑު ދަތުރުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިދަތުރުފުޅުގައި ރައީސް ނަޝީދު ކުޅުދުއްފުއްޓަށާއި ދިއްދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބާދުޝާހް ބޯޓްގަ އެވެ.

އަންނަ ޑިސެމްބަރު މަހު 3 އިން 7 އަށް ކުޅުދުއްފުއްޓަށާއި ދިއްދޫއަށް އެމްޑީޕީއިން ކުރާ ބޮޑު ދަތުރުގައި ކުރީގެ ރައީސް ނަޝީދުގެ އިތުރުން ޗެއާޕާސަން އަލީ ވަހީދު ވެސް ބައިވެރިވެ އެވެ.

ކުޅުދުއްފުއްޓަށް ރައީސް ނަޝީދު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހު 4 ވަނަ ދުވަހު އެވެ. އަދި އެރޭ ކުޅުދުއްފުށީގައި އެޕާޓީގެ ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީއިން ބުނެ އެވެ.

ދިއްދޫއަށް ރައީސް ނަޝީދު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 5 ވަނަ ދުވަހު އެވެ. އަދި އެރޭ ދިއްދޫގައި އެމްޑީޕީގެ ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.

ރައީސް ނަޝީދު އެނބުރި މާލެ ވަޑައިގަތުމަށް ވެސް ހަމަޖެހިފައިވަނީ ބާދުޝާހް ބޯޓްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355