twitterviber whatsapp telegramfacebookyoutube instagram
25th December 2025

ހދ އަތޮޅުގެ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާގެ މަގާމަށް އިބްރާހިމް ރަޝީދު

Nov 17, 2014

ހދ އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނަރަލް (އަތޮޅުގެ ޒިންމާދާރު އިސްވެރިޔާ)ގެ މަގާމަށް ރ.މީދޫ ބްލެކް އިބްރާހިމް ރަޝީދު ހަމަޖައްސައިފި އެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ކުރީގެ ޑެޕިއުޓީ ޕްރިންސިޕަލް އިބްރާހިމް ރަޝީދު މި މަގާމާ ހަވާލުވެފައިވަނީ މިއަދު އެވެ.

އިބްރާހިމް ރަޝީދަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޕްރިންޓެންޑެންޓްގެ މަގާމުގައިވެސް މަސައްކަތްކުރެއްވި އަދި މީގެ އިތުރުން ރާއްޖޭގެ އެކި ސްކޫލްތަކުގެ ޕްރިންސިޕަލް މަގާމުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ.

އިބްރާހިމް ރަޝީދު ވަނީ ޗައިނާގެ ސަން ޔަޓްސަން ޔުނިވަރސިޓީއިން މާސްޓަރސް އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން ހައްދަވާފަ އެވެ. އަދި އިގްތިސޯދީ ދާއިރާއިންނާއި ސިޔާސީ ދާއިރާއިންނާއި އިޖުތިމާއީ ދާއިރާއިން އޭނާ ވަނީ ފަސްޓް ޑިގްރީ ހާސިލްކުރައްވާފަ އެވެ.

އަތޮޅު ކައުންސިލުގެ ޑީޖީ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކައުންސިލުން ހުޅުވާލީ މިދިޔަ ޖޫން މަހު އެވެ. އަދި މިއީ މި މަގާމު އެ ކައުންސިލްގައި އުފެއްދި ފުރަތަމަ ފަހަރުވެސް އެވެ.

އަތޮޅު ކައުންސިލްގައި ޒިންމާދާރުވެރިޔާގެ މަގާމް މިހާތަނަން ފުރުވަމުން ގެންދެވީ ޑެޕިއުޓީ ޑިރެކްޓަރ އަހުމަދު އިމާދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355