twitterviber whatsapp telegramfacebookyoutube instagram
11th April 2026

ހަނިމާދޫގައި ގާރީ ކޯސް ބޭއްވުމަށް ތައްޔާރުވަނީ

Nov 17, 2014

ހަނިމާދޫ ދާލަ ގުރުއާން ކުލާހާއި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިސްނަގައިގެން ހަނިމާދޫގައި ގާރީ ކޯހުގެ ލެވެލް 1 ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ބުނެފި އެވެ.

އެ ޖަމިއްޔާއިން މި ނޫހަށް މައުލޫމާތުދިންގޮތުގައި ގުރުއާނާބެހޭ މަރުކަޒުން އަންގާފައިވަނީ މިފަދަ ކޯސްތައް ހިންގޭނީ ކައުންސިލް މެދުވެރިކޮށް ކަމަށާއި އެހެން ކަމުން މިކަމަށް ކައުންސިލްގައި އެދިފައިވާ ކަމަށެވެ. އަދި ކައުންސިލުން މިކަމަށް އެއްބާރުލުންދީ ގުރުއާނާބެހޭ މަރުކަޒަށް އެކަމަށްއެދި ކައުންސިލުން ސިޓީއެއް ފޮނުވާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މިހާރު އުންމީދުކުރަމުންދަނީ މަރުކަޒުގެ ޖަވާބަކަށް ކަމަށާއި ދެ ދުވަހުގެ ތެރޭގައި މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން މައުލޫމާތުދިނެވެ.

އެ ޖަމިއްޔާއިން ބުނީ މި ކޯހުގައި ބައިވެރިވުމަށް ނަމާއި އެޑްރެސް އަދި އައިޑީކާޑް ނަމްބަރު 7945805، 7570836، 7915589 މި ނަމްބަރުތަކުން ނަމްބަރަކަށް ފޮނުވުމުން ބައިވެރިވެވޭނެ ކަމަށެވެ.

އެ ޖަމިއްޔާގެ އުއްމީދަކީ މި ނޮވެމްބަރު މަހު މި ކޯސް ހަނިމާދޫގައި ފެށުމެވެ. އަދި މި ކޯހުގައި 60 ބައިވެރިން ބައިވެރިވާނެ ކަމަށްވެސް އެ ޖަމިއްޔާއިން އުއްމީދު ކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355