twitterviber whatsapp telegramfacebookyoutube instagram
11th September 2025

ގައުމީ ދެ މުބާރާތެއްގެ ރަން ވަނަތަކެއް އިހަވަންދޫ މަދަރުސާ ހޯދައިފި

Nov 19, 2014

ދިވެހިބަހުގެ އެކަޑަމީއިން އިންތިޒާމު ކޮށްގެން މި އަހަރު ބޭއްވި ވާހަކަ ލިޔުމުގެ ގައުމީ މުބާރާތާއި މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތުން އިހަވަންދޫ މަދަރުސާއަށް ރަން ވަނަތަކެއް ލިބިއްޖެ އެވެ.

އެގޮތުން އިހަވަންދޫ މަދަރުސާ ވަނީ ގައުމީ ކުރުވާހަކަ ލިޔުމުގެ މުބާރާތުން 13 އަހަރާ 16 އަހަރާ ދެމެދުގެ އުމުރުފުރާއިން 1 ވަނަ ހޯދާފަ އެވެ. އަދި ގައުމީ މަޒުމޫނު ލިޔުމުގެ މުބާރާތުން 16 އަހަރާ 21 އަހަރާ ދެމެދުގެ އުމުރުފުރާއިން 3 ވަނަ ހޯދާފައި ވަނީވެސް އިހަވަންދޫ މަދަރުސާ އެވެ.

މީގެއިތުރުން ގައުމީ މަޒުމޫނު ލިޔުމުގެ މުބާރާތުން 16 އަހަރާ 21 އަހަރާ ދެމެދުގެ އުމުރުފުރާއިން 2 ވަނަ އިހަވަންދޫ މަދަރުސާގެ 12 ބީގެ ދަރިވަރު ފާތިމަތު ނާޒްނީން ހޯދާފައިވާއިރު މި އުމުރުފުރާއިން 3 ވަނަ ހޯދާފައިވަނީވެސް ހަމަ އެ ސްކޫލްގެ 11 ބީގެ ދަރިވަރު އިސްމާއިލް ޝިޔާޒް އެވެ.

މި އަހަރުގެ ގައުމީ ކުރުވާހަކަ ލިޔުމުގެ މުބާރާތާއި މަޒުމޫނު ލިޔުމުގެ މުބާރާތާ ބާއްވާފައި ވަނީ 24 އޭޕްރީލް ގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355