twitterviber whatsapp telegramfacebookyoutube instagram
12th August 2026

ހދ އަތޮޅުގެ އިތުރު ދެ ރަށެއް ހިމެނުމަށް 4 ރިޒޯޓެއް ތަރައްގީކުރުމަށް ކުރި އިއުލާން ބާތިލުކޮށްފި

Nov 18, 2014

އުތުރު ތިން އަތޮޅެއްގެ ހަތަރު ރަށެއްގައި ރިސޯޓް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ކުރި އިއުލާން ޓޫރިޒަމް މިނިސްޓްރީން ބާތިލުކޮށްފި އެވެ.

ކުޅުދުއްފުށި އޮންލައިނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓި މިނިސްޓަރ ހަސަން ލިރާރް ވިދާޅުވީ މި އިއުލާން ކެންސަލްކޮށްލީ އިއުލާނުގައި މައްސަލަތަކެއް ހުރީމަ ކަމަށާއި އިއުލާން މިއަދު އަލުން ނެރެ ގެޒެޓް ކުރެވޭނެ ކަމަށެވެ.

އަލުން އިއުލާން ނެރޭއިރު ހދ އަތޮޅުގެ އިތުރު ދެ ރަށެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް އިއުލާން ކުރެވޭނެ ކަމަށް ލިރާރް ވިދާޅުވި އެވެ. އަދި ހއ އަތޮޅުގެ މާފިނޮޅާއި އިންނަފިނޮޅު އަކީ އައިހެވަން މަޝްރޫއު ތެރޭގައި ހިމެނޭ ދެ ރަށް ކަމަށްވާތީ އެ ދެ ރަށް އުނިކޮށް އިއުލާންގައިވާ މައްސަލަތައް ހައްލުކޮށް މިއަދުގެ ވަގުތެއްގައި އަލުން އިއުލާން ނެރޭނެ ކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވި އެވެ.

އިއްޔެ ނެރުނު އިއުލާންގައި ފަތުރުވެރިކަމަށް ތަރައްގީކުރުމަށް ކަނޑައަޅާ އާއްމުކޮށްފައިވާ ރަށްތަކަކީ ހއ އަތޮޅުން ހއ މާފިނޮޅާއި އިންނަފިނޮޅެވެ. ހދ އަތޮޅުން މަކުނުދޫ ފަޅުގައި އޮންނަ ދިއްޕަރުފުއްޓެވެ. އަދި ށ އަތޮޅުން ބޮލިއްސަފަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355