ޖަލާލުއްދީން ސްކޫލާއި ކުޅުދުއްފުށީގެ ވިޔަފާރިވެރިން ގުޅިގެން ބޭއްވި ޓްރޭޑް ފެއަރގެ ގުރުއަތުލުން ބާއްވައިފި އެވެ.
މިރޭ ފެއަރ ނިންމުމަށްފަހު ބޭއްވި ހަފުލާއެއްގައި 10 ނަސީބުވެރިއެއް ހޮވާފައިވެ އެވެ. އެގޮތުން އެއްވަނަ އިނާމް ކަމަށްވާ ފަރިރީތި ފިހާރައިން ހުށައަޅާފައިވާ އަވަން ލިބިފައިވަނީ 7570990 ނަންބަރުގެ ވެރިފަރާތަށެވެ. އަދި ދެވަނަ އިނާމް ކަމަށްވާ ކުޅުދުއްފުށި އޮންލައިން ހުށައަޅާފައިވާ 1500 ރުފިޔާގެ އިނާމް ސޮލާހު އުމަރު ހާސިލްކޮށްފައިވާއިރު ފަރިރީތި ފިހާރައިން ތިންވަނަ އިނާމްގެ ގޮތުގައި ހުށައަޅާފައިވާ ގޭސް އުނދުން ހާސިލްކުރީ މުހައްމަދު ސައުދެވެ.
މީގެއިތުރުން ހަތަރުވަނަ އިނާމްގެ ގޮތުގައި ފަރިރީތި ފިހާރައިން ހުށައަޅާފައިވާ ޖޫސް މޭކަރ މިލްކު ކޮށްފައިވަނީ ހުސެއިން އާދަމް އެވެ. އަދި ނޮވެލްޓީ ބުކްޝޮޕްގެ ފަރާތުން ފަސްވަނަ އަށާއި ހަވަނަ އިނާމަށް ހުށައަޅާފައިވާ ގިފްޓް ހޭންޕަރތައް ހޯދާފައިވަނީ އަބުދުލް ސައްތާރާއި ޝަރީފާ އާދަމެވެ.
ހަތްވަނަ އިން ދިހަވަނައަށް ދިރާގުން ހުށައަޅާފައިވާ ގިފްޓް ހޭންޕަރތައް މިލްކު ކޮށްފައިވަނީ ރަފަހަތު މުހައްމަދާއި ހަމްދޫނާއި މުހައްމަދު އަބުދުލް ގަފޫރުގެ އިތުރުން މުހައްމަދު މިހްރްކާން އެވެ.
ނަސީބުވެރި ފަރާތަކަށް ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް މަހުދީ ޝާހިދު އިނާމް ހަވާލުކޮށްދެއްވިއިރު މި ފެއަރގައި ސްޓޯލްތައް ބެހެއްޓި ފަރާތަކަށްވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ. ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީވެސް މަހުދީ ޝާހިދެވެ.
މި ފެއަރގައި ސްޓޯލް ބެހެއްޓުމަށް ހޯލްގެ ސޯޓްލްތައް 1500 ރުފިޔާއަށް ވިއްކާފައިވާއިރު ކުލާސްތައް ވިއްކާފައިވަނީ 3000 ރުފިޔާއަށެވެ.
ކުޅުދުއްފުށީގެ މަޝްހޫރު ވިޔަފާރިތަކާއި ރެސްޓޯރެންޓްތަކުން ސްޓޯލްތައް ބެހެއްޓި މި ފެއަރއަށް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ.
[yass cats=149]