twitterviber whatsapp telegramfacebookyoutube instagram
11th April 2026

ބޮކްސާ ތެރޭގައި މަސްތުވާތަކެތި ރައްކާ ކޮށްގެން ށ.ޅައިމަގަށް އެތެރެވާން އުޅުނު މީހަކު ހައްޔަރުކޮށްފި

Nov 19, 2014

ބޮކްސާ ތެރޭގައި ރައްކާކޮށްގެން ށ.ޅައިމަގަށް މަސްތުވާތަކެތި އެތެރެ ކުރަންއުޅުނު މީހަކު އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

މި މީހާ ހައްޔަރުކޮށްފައިވަނީ މާލެއިން ށ.ޅައިމަގަށް ދަތުރު ކުރަމުންދިޔަ ބޯޓެއްގައި ހުރި މީހަކު ބޮކްސާ ތެރޭގައި މަސްތުވާތަކެތި ރައްކާ ކޮށްގެން ށ.ޅައިމަގަށް އެތެރެ ކުރުމަށް މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ޕޮލިސް އިންޓަލިޖެންސަށް ލިބުމާއެކު ށ.ފުނަދޫ ޕޮލިސް ސްޓޭޝަންއާއި ގުޅިގެން ރޭ ދަންވަރު 01:00 ހާއިރު ހިންގި ހާއްސަ އޮފަރޭސަނެއްގެ ދަށުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ށ.މާއުނގޫދޫގައި ކުރިއަށް ގެންދިޔަ މި އޮޕަރޭސަންގައި މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބްލެޓް ސައިޒުގެ ރަބަރު ޕެކެޓާއެކު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އޭނަ ދަތުރު ކުރަމުންދިޔަ ކުރިމަގު ބޯޓު ށ. މާއުނގޫދޫ ބަނދަރަށް، ބަނދަރުކުރި ވަގުތު އެ ބޯޓުގެ ތެރެއިން ކަމަށް ވެސް ފުލުހުން ހާމަ ކުރެ އެވެ.

މި މީހާއަކީ މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މިހެއް ކަމަށް ފުލުހުން ބުނެ އެވެ. މިމައްސަލަ މިހާރު ދަނީ ށ. ފުނަދޫ ޕޮލިސްޓޭޝަނުން ތަހްގީގު

ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355