twitterviber whatsapp telegramfacebookyoutube instagram
11th September 2025

ސްކޫލްތަކުގެ ދިރާސީ އަހަރުގެ ކިޔެވުން ނިންމާ ސްކޫލްތައް ބަންދުކޮށްފި

Nov 20, 2014

މި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ނިންމާލުމަށް ފަހު ދަރިވަރުންނާއި ޓީޗަރުންނަށް ދޮޅު މަސް ދުވަހުގެ ޗުއްޓީއެއް ފަށައިފި އެވެ.

ސްކޫލްތަކުގެ ފަހު ޓާމްގެ ރިޕޯޓް ފޮތް މިއަދު ހަވާލުކޮށްފައިވާއިރު އައު އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރި މަހުގެ 11 ވަނަ ދުވަހު އެވެ.

ސްކޫލްތަކުގެ ފަހު ޓާމްގެ އިމްތިހާންތައް މީގެ ދެ ހަފުތާ ކުރިން ނިމިފައިވާއިރު ޖީސީއީއޯލެވެލްގެ އިމްތިހާން ނިމިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ޖީސީއީ އޯލެވެލް އިމްތިހާނުގައި މި އަހަރު ޖަލާލުއްދީން ސްކޫލްގެ 92 ދަރިވަރަކާއި އަފީފުއްދީން ސްކޫލްގެ 41 ދަރިވަރަކު ބައިވެރިވެފައިވެ އެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒުގައި 705 ދަރިވަރަކު މި އަހަރު ތައުލީމް ހާސިލްކޮށްފައިވާއިރު ޕްރައިމަރީ އަދި ސާނަވީ ތައުލީމް ކިޔަވައިދޭ އަފީފުއްދީން ސްކޫލްގައި 520 ދަރިވަރުން މި އަހަރު ތައުލީމް ހާސިލްކުރި އެވެ. އަދި ސާނަވީ ސްކޫލެއް ކަމަށްވާ ޖަލާލުއްދީން ސްކޫލްގައި މި އަހަރު ވަނީ 490 ދަރިވަރުން ވަނީ ތައުލީމް ހާސިލްކޮށްފަ އެވެ.

އަންނަ އަހަރުގެ މާރޗް 22 ގައި ފުރަތަމް މިޑް ޓާމް ބަންދު ލިބޭއިރު ފުރަތަމަ ޓާމް ނިމޭނީ ޖޫން 4ގަ އެވެ. އަދި ދެވަނަ މިޑް ޓާމް ބަންދު 30 އޮގަސްޓްގައި ފެށޭއިރު ދެވަނަ ޓާމް ނިމި އަންނަ އަހަރު ސްކޫލް ބަންދުވާނީ 24 ނޮވެމްބަރުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355