twitterviber whatsapp telegramfacebookyoutube instagram
12th August 2026

މަސައްކަތް ނިމުނު 15 ހައުސިންގ ޔުނިޓް ކުޅުދުއްފުށީ ކައުންސިލާ ހަވާލުކޮށްފި

Nov 21, 2014

ސަރުކާރުގެ ބޯހިޔާވެހިކަމުގެ ޕްރޮގްރާމުގެ ދަށުން ކުޅުދުއްފުށީގައި އިމާރަތްކުރި 25 ހައުސިން ޔުނިޓްގެ ތެރެއިން ނިމިފައިވާ 15 ހައުންސިން ޔުނިޓްގެ ތަޅުދަނޑި އާއި އިވެންޓްރީ ކުޅުދުއްފުށި ކައުންސިލާ ހަވާލުކޮށްފި އެވެ.

އެކަމަށްޓަކައި އޮތް ރަސްމިޔާތެއްގައި މިތަކެތި ހަވާލުކޮށްދެއްވީ ހައުންސިން މިނިސްޓްރީގެ ކޯޑިނޭޓަރ މުހައްމަދު ޖަމްޝީދެވެ. އަދި ތަކެއްޗާ ހަވާލުވެލެއްވީ ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަލީ މުހައްމަދެވެ.

ކައުންސިލުން ބުނީ މިއަދު ފެށިގެން އެ ހައުސިންގ ޔުނިޓްތަކުގެ ސެކިއުރިޓީ ބަލަހައްޓަމުންދާނެ ކަމަށެވެ .

ޖަލާލުއްދީން ސްކޫލް ކައިރީގައި އެޗްޑީސީން އިމާރާތްކޮށްފައިވާ މި ހައުންސިން ޔުނިޓްތަކުގެ ތެރެއިން ބާކީ ނުނިމިހުރި 10 ހައުންސިން ޔުނިޓް އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ނިންމާލެވޭވަރުވާނެ ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355