twitterviber whatsapp telegramfacebookyoutube instagram
5th November 2025

ހޯރަފުއްޓަށް ވިއްސާރަކޮށް 6 ގެޔަކަށް ގެއްލުންތަކެއް ވެއްޖެ

Nov 22, 2014

ހއ. ހޯރަފުއްޓަށް ރޭ ކުރި ވިއްސާރައިގައި ހަ ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

މި ނޫހަށް މައުލޫމާތު ދެމުން ހޯރަފުށި ކައުންސިލްގެ ރައީސް އަލީ އާރިފް ވިދާޅުވީ ރޭ ގާތްގަނޑަކަށް 11:30 ގައި ވަރަށް ބޯކޮށްވާރޭވެހުނުކަމަށާއި އޭގެ ފަހުން ދަންވަރު 1:30 ގައިވެސް ބޯކޮށް ވާރޭވެހުނު ކަމަށެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ 6 ގެޔަކަށް ފެންވަނުމުގެ ސަބަބުން އެ ގޭގޭގެ ފަރުނީޗާރުތަކަށް ބޮޑެތި ގެންލުންތަކެއްވެފައިވާ ކަމަށާއި މިހާރުވަނީ ފެންހިއްކާ ފެންނުވަންނަށް ގޮތަށް  ވެލި ބަސްތާޖަހާފަ ކަމަށެވެ.

މިހާރު އެ ގޭގޭގެ ހާލަތު ރަގަޅު ކަމަށް އާރިފް ވިދާޅުވި އެވެ. އަދި މިހާރު ހޯރަފުއްޓަށް މޫސުން ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ

ރޭ ހޯރަފުއްޓަށް ކުރި ވިއްސާރަގައި މަގުތަކުގައިވެސް ވަރަށް ބޮޑަށް ފެންބޮޑުވެފައިވާ ކަމަށް އެރަށުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355