twitterviber whatsapp telegramfacebookyoutube instagram
11th April 2026

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޕެކެޓްތަކަކާއެކު ކުޑަ ކުއްޖަކު ހައްޔަރުކޮށްފި

Nov 23, 2014

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތަކަކާއެކު 17 އަހަރުގެ ކުއްޖަކު ހަނިމާދޫން ހައްޔަރުކޮށްފި އެވެ.

ފުލުހުން މައުލޫމާތުދިން ގޮތުގައި މި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހަނިމާދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ހުކުރު ދުވަހުގެ އިރުއޮއްސި 6 ޖެހިއިރު ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ޖެޓީ ސަރަހައްދުން ކަމަށެވެ.

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޕެކެޓްތައް ފެނިފައިވަނީ އެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު އޭނާ ގެންގުޅުނު ސިޓީ އުރައެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެ އެވެ.

އެ ސިޓީއުރަ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 28 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.

މި މައްސަލަ މިހާރު ދަނީ ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ތަހުޤީޤް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355