twitterviber whatsapp telegramfacebookyoutube instagram
10th July 2025

ކުޅުދުއްފުށީ ގެއަކުން ޓިނުތަކެއް ވަގަށް ނެގި މީހަކު 4 އަހަރުދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

Nov 24, 2014

ކުޅުދުއްފުށީ ގެއަކުން ޓިނުތަކެއް ވަގަށް ނެގި މީހަކު ހަތަރު އަހަރާއި 6 މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ބައު ވެފައިވާ 7 ގަނޑު ޓިނުނެގި ވަގަށް ނެގި މައްސަލައާ ގުޅިގެން ހުކުމްކޮށްފައިވަނީ ހދ.ކުޅުދުއްފުށި، ފަރުދާގެ، މުޙައްމަދު ޒަޔާން 21 ގެ މައްޗަށެވެ.

ޒަޔާންގެ މައްޗަށް ކުރި ހުކުމްގައި ވަނީ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 1:00 އެހައިކަންހާއިރު ކުޅުދުއްފުށީ ކެކުރިމާގޭ ގޯތިތެރޭގައި ހުރި ޓިނުތައް ގެންދިޔަކަމަށް ބުނެ ކުރެވިފައިވާ ވައްކަމުގެ ދައުވާއަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް ވައްކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައެޅީ ކަމަށެވެ.

މި ޓިނުތައް މުހައްމަދު ޒަޔާން އަށް ލިބުނުގޮތެއް ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާތީ އޭނާ ވަގަށްނެގި ތަކެތިކަމަށް ބަލަންޖެހޭ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވެއެވެ.

މީގެ ކުރިންވެސް 4 ފަހަރެއްގެ މަތިން މުހައްމަދު ޒަޔާން މައްޗަށް ވަނީ ވައްކަމުގެ ކުށް ސާބިތު ވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355