twitterviber whatsapp telegramfacebookyoutube instagram
7th December 2025

ގޫގުލް އިން އިސްތިހާރާނުލާ ވެބްސައިޓްތައް ބެލުމުގެ ފުރުސަތު ހުޅުވާލައިފި

Nov 24, 2014

ވެބްސައިޓް ތަކުގައި ޖަހާފައި ހުންނަ އިސްތިހާރުތަކުގެ އުނދަގުލުން ސަލާމަތްވުމަށް އިންޓަނެޓް ބޭނުންކުރާ ގިނަ ފަރާތްތަކުންއެދޭނެ އެވެ. ނަމަވެސް އެފަދަ ވެބްސައިޓްތައް ‘ބްރައުސް’ ކޮށްލުމަށް ފައިސާ ދައްކާނީ ތީގެ ތެރެއިން ކިތައް ބޭފުޅުން ބާއެވެ!

ގޫގުލް އިން އިސްތިހާރާނުލާ ވެބްސައިޓް ތައް ބެލުމުގެ ފުރުސަތު އިންޓަނެޓް ބޭނުންކުރާ ފަރާތްތަކަށް ވަނީ ހުޅުވާލައިފި އެވެ.

ގޫގުލް އިން އަލަށް ތައާރަފް ކުރި މި ޕްރޮޖެކްޓުގެ ސަބަބުން އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުން މަހަކު 1 ޑޮލަރާއި 3 ޑޮލަރު ދެއްކުމުން އެފުރުސަތު ހުޅުވިގެން ދާނެ އެވެ.

މިހާތަނަށް ގޫގުލްގެ މި ޕްރޮޖެކްޓުގައި ބައިވެރިވެފައިވަނީ ބައެއް ވެބްސައިޓްތަކުންނެވެ. އޭގެ ތެރޭގައި’މެޝަބަލް’ އާއި ‘ވިކީހައު’ ގެ އިތުރުން ‘ސައިންސް ޑެއިލީ’ އާއި ‘އާބަން ޑިކްޝަނަރ’ ހިމެނެ އެވެ. ގޫގުލްގެ މި ހިދުމަތަށް އަގު އަދާކުރާ ފަރާތްތަކަށް މިވެބްސައިޓް ތަކުގައި ހުންނަ އިސްތިހާރުތަކުގެ ބަދަލުގައި ފެންނާނީ ޑިޒައިން ކުރެހުންތަކެކެވެ.

2012 ވަނަ އަހަރު ‘ރީޑަބިލިޓީ’ އިން ވެސް ވަނީ މިފަދަ ޕްރޮޖެކްޓެއް ހިންގާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355