އުރީދޫ މޯލްޑްވްސްގެ ފަރާތުން ކުރިއަށް ގެންދިޔަ “ސިމްޕްލީ ޑޫ ވޮންޑާސް” ކެމްޕެއިންގެ ނަސީބުވެރިން ލިއޮނަލް މެސީއާ ބައްދަލުކޮށްފި އެވެ.
“ސިމްޕްލީ ޑޫ ވޮންޑާސް” މުބާރާތް ނިމި ނަސީބުވެރިންގޮތުގައި ހޮވުނު 12 ކުދިންނަށް ކުޅިވަރުގެ ހީރޯ އަދި އުރީދޫ ބްރޭންޑް އެމްބެސެޑަރ ލިއޯ މެސީ އާ ބައްދަލުކޮށް މެސީގެ ހުނަރު ރަސްމީ ފުޓްބޯޅަ މެޗަކުން ބަލާލުމުގެ ފުރުސަތުވެސް ވަނީ ލިބިފަ އެވެ.
އުރީދޫއިން ކުރިޔަށްގެންދިޔަ މުބާރާތުން ކާމިޔާބު ހޯދާފައިވާނީ ޓިއުނީޝިއާ، ދިވެހިރާއްޖެ، ގަތަރު، އިންޑޮނޭޝިއާ، އަލްޖީރިއާ، ކުވޭތު އަދި ފަލަސްތީނުގެ ކުދިންގެ އިތުރުން ގާޒާގެ ދެކުދިންނެވެ. އެގޮތުން މިކުދިންވަނީ އުރީދޫ ނިސްބަތްވާ ގައުމުތަކުން މެސީއާ ބައްދަލުކުރަން މުޅިން ހިލޭ ދަތުރެއްގައި ސްޕޭންގެ ބާސެލޯނާގައި ހުންނަ ޓްރޭނިގ ސެންޓަރަކަށް ޒިޔާރަތް ކޮށްފަ އެވެ.
މިކުދިންނާ ބައްދަލުކުރުމަށް ފަހު މެސީ ބުނެފައިވަނީ ދިމާވާ ގޮންޖެހުންތަކާއެކުވެސް އެކުދިންނަކީ ފުޓްބޯޅައާއި ކުޅިވަރުން ލިބޭ ފުރުސަތުތަކަށް ލޯބިކުރާ ބައެއްކަމާއި ލިއޯ މެސީ ފައުންޑޭޝަން އުފައްދާ މެސީ އުރީދޫއާ ގުޅުނީ ޒުވާން ކުދިންނަށް އެކުދިން ގަދައަށް މަސައްކަތް ކޮށްފިނަމަ އެކުދިންނަކީ އަޖައިބު ކުރުވަނިވި ކަންތައް ކުރެވޭނެ ބައެއްކަން އަންގައިދޭން ކަމަށެވެ.
“ސިމްޕްލީ ޑޫ ވޮންޑާސް” އަކީ ލިއޯ މެސީއާއެކު ކުރިޔަށްގެންދިޔަ އުރީދޫގެ ފުރަތަމަ ބައިނަލްއަގުވާމީ ކޮމިއުނިކޭޝަން ކެމްޕޭނެވެ. އެގޮތުން ފުޓްބޯޅައިގެ ހުނަރު ދައްކުވައިދޭ ވީޑިއޯތައް މުބާރާތް ތެރޭގައި ހާއްސަ ވެބްސައިޓެއް ކަމަށްވާ “ސިމްޕްލީ ޑޫ ވޮންޑާސް.ކޮމް” އަށްވަނީ އަޕްލޯޑްކޮށްފައެވެ.