ވައިން ކަރަންޓު ނެގުމަށް ބުރަފައްޗެއް ކުޅުދުއްފުށީގައި ބެހެއްޓުމުގެ މަސައްކަތް ފަށައިފި އެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ ރީޖަނަލް މެނޭޖަރ އާދަމް މުހައްމަދު ވިދާޅުވީ މި ބުރަފައްޗަކީ އަޖުމަބެލުމުގެ ގޮތުން ބަހައްޓާ ބުރަފައްޗެއް ކަމަށާއި ފުރަތަމަ ބެހެއްޓުމަށް ހަމަޖެހިފައިވަނީ އެންމެ ބުރަފައްޗެއް ކަމަށެވެ.
އާދަމް ވިދާޅުވީ ޖަޕާންގެ ކުންފުންޏަކުން ބަހައްޓާ މި ބުރަފަތި ބޭނުންކޮށްގެން ވައިޖެހޭ މިންވަރާއި ވައިޖެހޭ ގަޑި އާއި ސްޕީޑް ފަދަ މައުލޫމާތު ހޯދާނެ ކަމަށާއި އަދި ވައިން ކަރަންޓު އުފެއްދޭ ކަމަށްވަންޏާ އިތުރު ބުރަފަތިތައް ބަހައްޓާނެ ކަމަށެވެ.
މި ބުރަފަތި ބެހެއްޓުމަށް އަދި މުއްދަތު ނަގާނެ ކަމަށާއި މި ބުރަފަތި ބެހެއްޓުމުގެ މަގުސަދަކީ ކަރަންޓުގެ ހިދުމަތް ދިނުމުގައި ތެލަށް ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރުން ކަމަށެވެ.
މި ބުރަފަތި ބަހައްޓަނީ ކުޅުދުއްފުށީގެ ދެކުނު ކޮޅު ފުއްޓަރު ފަރާތުގަ އެވެ.