twitterviber whatsapp telegramfacebookyoutube instagram
11th September 2025

މަސްތުވާތަކެއްޗާއެކު ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފި

Nov 25, 2014

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ރަބަރު ޕެކެޓަކާއެކު މީހަކު ހައްޔަރުކޮށްފި އެވެ.

މަސްތުވާތަކެތި ބޭނުން ކުރާކަމަށް ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ހިންގި މި ހާއްސަ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މީހާއަކީ މީގެ ކުރިންވެސް މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއްކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓް ފެނިފައިވާ ކަމަށާއި އޭނާގެ ކުޑަކަމުދާތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް މައުލޫމާތު ދެއެވެ.

މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގުކުރިއަށް ގެންދިއުމަށް 7 ދުވަހުގެ މުއްދަތެއް ދީފައެވެ.

ކުޅުދުއްފުށީ ޕޮލިސްޓޭޝަނުން މިހާރު ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355