twitterviber whatsapp telegramfacebookyoutube instagram
12th August 2026

ކުޑަ ކުއްޖެއް ކުރިމަތީގައި ބަދު އަހުލާގީ އަމަލު ހިންގި މީހަކު ހައްޔަރުކޮށްފި

Nov 26, 2014

ކުޑަ އަންހެން ކުއްޖެއް ކުރިމަތީގައި ބަދު އަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހަކު ކުޅުދުއްފުށިން ހައްޔަރުކޮށްފި އެވެ.

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް މިމަހު 21 ވަނަ ދުވަހު ހުށައެޅުނު މައްސަލަޔަކާ ގުޅިގެން މިމީހާ ހައްޔަރުކޮށްފައިވަނީ އިއްޔެ 14:00 ގައި ކަމަށާއި އެއީ 52 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 7 ދުވަހުގެ މުއްދަތެއް ދީފައެވެ.

ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355