twitterviber whatsapp telegramfacebookyoutube instagram
10th July 2025

ނޮޅިވަރަމް ކޯޓަށް މެޖިސްޓްރޭޓަރަކު ހަމަޖައްސަވައިފި

Nov 27, 2014

ހދ. ނޮޅިވަރަމް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ބޭފުޅަކު ހަމަޖައްސަވައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ނޮޅިވަރަމް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ހަމަޖައްސަވަފައި ވަނީ ނޮޅިވަރަމް ގަހާ މުހައްމަދު މައުސޫމެވެ.

މީގެ އިތުރުން ވެސް އިތުރު 5 ރަށެއްގެ ކޯޓަކަށް މެޖިސްޓްރޭޓުން އައްޔަން ކުރައްވާފަ އެވެ.

މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރެއްވި ހަ ބޭފުޅުން ވެސް ވަނީ މަގާމުގެ ހުވާ ކުރައްވާފަ އެވެ. އެބޭފުޅުންނަށް މަގާމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.

ހުވާ ކުރެއްވުމަށް ފަހު އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ދައުލަތުގެ ބަންޑާރަ ނައިބު އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރު މުހައްމަދު އަނިލް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355