twitterviber whatsapp telegramfacebookyoutube instagram
15th May 2025

ލޯފަން ޖަމިއްޔާގެ ވަފުދަށް ކުރިނބީން ހޫނު މަރުހަބާއެއް ކިޔައިފި

Nov 27, 2014

ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ކުދިން ގުޅިގެން އުފައްދާފައިވާ ބްލައިންޑް އެސޯސިއޭޝަނުންގެ ވަފުދަށް ކުރިނބީން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

މި ވަފުދު ކުރިނބީއަށް މިއަދު މެންދުރު 11:40 ހާއިރު ގޮސްފައިވާއިރު މި ވަފުދު ކުރިނބީއަށް ގޮސްފައި މިވަނީ ދުނިޔޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ހދ ކުރިނބީގައި ބޭއްވުމަށްޓަކަ އެވެ.

ކުރިނބީއަށް ދިޔަ ވަފުދުގައި 15 މެމްބަރު ހިމެނޭއިރު އެ ޖަމިއްޔާގެ ރައީސާއި ނައިބު ރައީސްވެސް މިވަފުގައި ހިމެނެ އެވެ.

މި ޖަމިއްޔާގެ މެމްބަރުން ކުރިނބީއަށް ގޮސްފައިވަނީ ކުޅުދުއްފުއްޓަށް ޒިޔާރަތްކުރުމަށްފަހު އެވެ. މި ވަފުދުގައި ކުޅުދުއްފުށީގެ ލޯފަން ޒުވާނެއް ކަމަށްވާ އަލީ އަމުޖަދުވެސް ހިމެނެ އެވެ.

ދުނިޔޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސްކަމުގައިވާ ޑިސެންބަރު މަހުގެ ތިންވަނަ ދުވަސް ފާހަގަކުރުމަށް ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަތަރުވަނަ ދުވަހުގެ ނިޔަލަށް ހާއްސަ ހަރަކާތްތަކެއް ކުރިނބީގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ބްލައިންޑް އެސޯސިއޭޝަނަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުތަކަށް ވަކާލާތުކުރުމަށްޓަކައި ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ކުދިންތަކެއް ގުޅިގެން 2010 ވަނަ އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހު އުފެއްދި ޖަމިއްޔާއެކެވެ. މިހާރު އެ ޖަމިއްޔާގައި މެންބަރުންގެ ގޮތުގައި 96 މީހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355