twitterviber whatsapp telegramfacebookyoutube instagram
12th August 2026

ކުޅުދުއްފުށިން 46 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި

Nov 28, 2014

ކުޅުދުއްފުށިން 46 އަހަރުގެ އަންހެނަކު ގެއްލިގެން މިރޭ ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުންދަނީ ހދ ކުޅުދުއްފުށީ، ފިލިގަސްދޮށުގޭ ހައްވާ ގާސިމެވެ.

ހައްވާ ގާސިމް ގެއްލުނުއިރު އޭނާ ލައިގެން ހުރީ އޮރެންޖް ކުލައިގެ ހެދުމަކާއި އަޅާފައި ހުރީ ކަޅު ބުރުގާއެއް ކަމަށް އާއިލާއާ ހަވާލާދީ ކައުންސިލުން ބުނެ އެވެ. އަދި މީނާ ވީނުވީއެއް ނޭނގި ގެއްލިފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށާއި އާއިލާގެ ފަރާތުން މީނާ ގެއްލުނުކަން ރިޕޯޓްކޮށްފައިވަނީ މިރޭ ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްވާ ގާސިމަކީ މީގެ ކުރިން ވެސް އެކި ފަހަރު ވީނުވީއެއް ނޭގި ގެއްލިފައިވާ މީހެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355