twitterviber whatsapp telegramfacebookyoutube instagram
11th September 2025

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށް ކުރިނބީގައި އާއިލީ ހަވީރެއް ބާއްވައިފި

Dec 3, 2014

ބައިނަލް އަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިނބީގައި ހާއްސަ އާއިލީ ހަވީރެއް ބާއްވައިފި އެވެ.

ލޯފަން ކުދިންގެ ޖަމިއްޔާއިން އިސްނަގައިގެން ކުރިނބީގައި މި މަހުގެ 1 ން ފެށިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ކުރިނބީގައި ބޭއްވި އާއިލީ ހަވީރުގައި ވަނީ ރަށުގެ ގިނަ އާއިލާތަކުން ބައިވެރިވެފަ އެވެ.

މި ހަވީރުގައި އެކިއެކި ކުޅިވަރުތަކުގެ ސްޓޯލްތައް ބެހެއްޓިފައިވީއިރު ކޮންމެ ސްޓޯލެއްގައިވެސް ލޯފަން ކުއްޖެއް ހަރަކާތްތެރިވި އެވެ. އަދި މި ސްޓޯލްތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ބައިވެރިފަ އެވެ.

ސްޓޯލްތަކުގެ އިތުރުންވެސް ގިނަ ކުޅިވަރުތަކެއް ކުރިއަށްދިޔަ މި ހަވީރު ނިންމާލާފައިވަނީ ކުރިނބީ ފިރިހެންނުންގެ ޓީމަކާއި ލޯފަން ޖަމިއްޔާގެ މެންބަރުންގެ ޓީމެއްގެ ދެމެދުގައި ކުރިއަށް ދިޔަ ވާދެމުމަކުންނެވެ.

ދުވަހުގެ މުނާސަބަތުގައި މިރޭ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ހަރަކާތްތައް ނިންމުމުގެ ގޮތުން މާދަމާރޭ ހާއްސަ ދަރުއްސެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

[yass cats=152]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355