ރައީސް މުހައްމަދު ނަޝީދު މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެން ކުޅުދުއްފުށި ބަންޑާރަ މަގުގައި ފެންފޯއް ރުކެއް އިންދަވައިފި އެވެ.
އެމްޑީޕީގެ ޒުވާނުންގެ ބަޔަކު އިސްނަގައިގެން ކުޅުދުއްފުށީ ބަންޑާރަ މަގުގައި ފެންފޯއް ރުއް އިންދުމުގެ ޕްރޮގްރާމެއް ފަށާފައިވަނީ މިދިޔަ ނޮވެމްބަރ މަހު ތެރޭގަ އެވެ.
މީގެ އިތުރުން އެމްޑީޕީގެ ޗެއަރ ޕާރސަން އަލީ ވަހީދު ވެސް ވަނީ ފެންފޯއް ރުކެއް އިންދަވައި ދެއްވާފަ އެވެ.
މިދަތުރު ފުޅުގައި ރައީސް ނަޝީދުގެ ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޖަލްސާއެއް މިރޭ 9 ޖަހާއިރު ކުޅުދުއްފުށީ ބަންޑާރަ މައިދާނާ ދިމާ ވެލިގަނޑުގައި (ހިއްކި ބިމުގައި) އޮންނާނެ އެވެ.
މިދަތުރުފުޅު ނިންމާލުމަށް ފަހު ރައީސް ނަޝީދު މާލެއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ހަވީރު ކުޅުދުއްފުށިން ބާދުޝާހް ބޯޓްގަ އެވެ.