twitterviber whatsapp telegramfacebookyoutube instagram
1st June 2026

ރައީސް ނަޝީދަށް ދިއްދޫއިން ހޫނު މަރުހަބާއެއް ކިޔައިފި

Dec 5, 2014

– ދިއްދޫއިން ނާޒިމް ހަސަން-

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ހއ ދިއްދޫއިން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

މިއަދު ހަވީރު 16:15 ގައި މުހައްމަދު ނަޝީދު ދިއްދޫއަށް ވަޑައިގެންނެވިއިރު އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ނަޝީދުގެ އިސްތިގުބާލުގައި ޖެޓީގައި ތިބިއިރު ރަށުން ލިބިފައިވަނީ ހޫނު މަރުހަބާއެކެވެ.

އެމްޑީޕީގެ ދިދައިން ދިއްދޫ ޒީނަތްތެރިކޮށްފައިވާއިރު ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމުގެ ގޮތުން ދިއްދޫގެ ޒުވާން ފިރިހެން ކުދިންގެ ސަގާފީ ދަނޑި ޖެހުމެއް ހުށައަޅާދީފައިވެ އެވެ.

ކުޅުދުއްފުއްޓާއި ދިއްދޫއަށް ނަޝީދު ކުރައްވާ މި ދަތުރުފުޅުގައި އެމްޑީޕީގެ އިސްބޭފުޅުން ބައިވެރިވެލައްވަ އެވެ. އަދި މިރޭ 9 ޖަހާއިރު ދިއްދޫ ބަންދަރުމަތީގައި ހާއްސަ ޖަލްސާއެއް އޮންނާނެކަމަށް އެޕާޓީން ބުނެ އެވެ.

[yass cats=154]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355