twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ދިއްދޫގައި ފެންފޯއް ރުއް އިންދަވައިދެއްވާ، އެމްޑީޕީ ދިއްދޫ އޮފީހުގެ ބިންގާ ރައީސް ނަޝީދު އަޅުވައިދެއްވައިފި

Dec 5, 2014

-ދިއްދޫއިން ނާޒިމް ހަސަން-

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދިއްދޫއަށް ވަޑައިގަތުމަށްފަހު އެ ރަށުގައި ތިން ފެންފޯއް ރުއް އިންދައި ދެއްވައިފި އެވެ.

ދިއްދޫގައި ފެންފޯއް ރުއް އިންދާފައިވަނީ ބަނދަރުމަތީގަ އެވެ. ރައީސް ނަޝީދުގެ އިތުރުން މަޖިލިސް މެމްބަރު ރޮޒޭނާވެސް ވަނީ ފެންފޯއް ރުކެއް އިންދަވައިދެއްވާފަ އެވެ.

މީގެ އިތުރުން އެމްޑީޕީ ދިއްދޫ ދާއިރާގެ ދާއިމީ އޮފީހެއް ގާއިމުކުރުމަށްޓަކައި ބިންގާ އަޅުވައިދެއްވާ އެއްބަސްވުމުގައި ރައީސް ނަޝީދު ވަނީ ސޮއި ކުރައްވައިފަ އެވެ.

މަޖިލިސް މެމްބަރު ރޮޒެއިނާ އާދަމް ދިއްދޫގައި ފެންފޯއް ރުކެއް އިންދަވަނީ– ފޮޓޯ: ނާޒިމް

ދާއިމީ އޮފީހުގެ ބިންގާ އަޅުވައިދެއްވާ އޮފީސް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެމްޑީޕީގެ ރައީސް ނަޝީދާއި ޗެއާރ ޕާރސަން އަލީ ވަހީދުގެ އިތުރުން ބިމުގެ ވެރިފަރާތްކަމުގައިވާ ހަދީޖާ ގާސިމެވެ.

ދިއްދޫ ދާއިރާގެ ދާއިމީ އޮފީހެއް ގާއިމުކުރުމުގެ މަގުސަދަކީ އެމްޑީޕީ ހަރަކާތްތައް ރަށުގައި ބާރަށް ހިންގުން ކަމަށާއި ދިއްދޫގައި އެމްޑިޕީގެ ހަރަކާތްތައް ފަޑުވެގެން ނުދާނެ ކަމަށް އެމްޑީޕީ ދިއްދޫ ދާއިރާއިން ބުނެ އެވެ. އަދި ތިން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ އޮފީސް ހުޅުވޭނެ ކަމަށް އެ ފަރާތުން މައުލޫމާތުދެ އެވެ.

މީގެއިތުން ދިއްދޫގައި ވޮލީބޯޅަ ކޯޓެއް ނަޝީދު ހުޅުވައިދެއްވި އެވެ. އަދި އެމްޑީޕީ ޓީމަކާއި ރަށުގެ ޓީމެއްގެ ދެމެދުގައި ވޮލީބޯޅަ މެޗެއްވެސް ކުޅެފައިވެ އެވެ. މި މެޗުގައި ރައީސް ނަޝީދުވެސް ބައިވެރިވެ ވަޑައިގަތެވެ.

އެމްޑީޕީގެ ރައީސް ބައިވެރިވެ ވަޑައިގަންނަވާ ހާއްސަ ޖަލްސާއެއް މިރޭ ދިއްދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355