twitterviber whatsapp telegramfacebookyoutube instagram
10th July 2025

ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުތައް ފެށުމަށް “ސިންދުބާދު” ބޯޓް ތައްޔާރުވަނީ

Dec 11, 2014

ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުތައް ފެށުމަށް “ސިންދުބާދު” ބޯޓް ތައްޔާރުވެ، އަންނަ ހަފްތާ ގެ ދަތުރުތައް ޝެޑިއުލް ކޮށްފި އެވެ.

ސިންދުބާދު ބޯޓުގެ އެއް ހިއްސާދާރު އަބުދުލް ލަތީފް މިނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ ބޯޓްގެ ފުރަތަަމަ ދަތުރުކުރަން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ހެނދުނު 8:30 ގަ ކުޅުދުއްފުށީން ކަމަށެވެ. އަދި ބޯޓުގެ ފުރަތަމަ ދަތުރުގެ ޓިކެޓުގެ އަގު ޑިސްކައުންޓަކާ އެކު 315 ރުފިޔާއަށް ލިބޭނެކަމަށެވެ.

ދިގުމިނުގައި 75 ފޫޓު ހުރި މިބޯޓަކީ 120 މީހުންގެ ޖާގައިގެ ބޯޓެކެވެ. ސިންދުބާދު ބޯޓަގެ ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ 320 ރުފިޔާށެވެ.

ގަޑިޔަކު 12.5 މޭލަށް ދަތުރުކުރާ މިބޯޓް މޫސުން ރަނގަޅު ނަމަ ކުޅުދުއްފުށިން މާލެއަށް 12 ގަޑިއިރުން ދެވޭނެ ކަމަށް އަބުދުލް ލަތީފް ހާމަކުރެ އެވެ.

ޓިކެޓް ނެގުމަށާއި ސިންދުބާދު ބޯޓުގެ ދަތުރުތަކުގެ ތަފްސީލު ހޯއްދެވުމަށް 9112007 ނަންބަރާ ގުޅުއްވުމުން މައުލޫމާތު ސާފު ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިންދުބާދު ބޯޓުގެ އިތުރުން ކުޅުދުއްފުށިން މާލެއާ ދެމެދު ފަސެންޖަރު ގޮވައިގެން ދަތުރުކުރާ 3 ބޯޓެއް  އޮވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355