twitterviber whatsapp telegramfacebookyoutube instagram
15th May 2025

އުއްތަމަ ފަނޑިޔާރުކަމަށް އަބްދުﷲ ސައީދު އައްޔަންކުރައްވައިފި

Dec 15, 2014

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އެ އޮފީހުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އުއްތަމަ ފަނޑިޔާރު ވަނީ މަގާމުގެ ހުވާ ކުރައްވާފައެވެ. އެ މަނިކުފާނަށް ހުވާލައިދެއްވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދެވެ.

ކޯޓުތަކާބެހޭ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން، ކުރިން އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި އަހުމަދު ފާއިޒް ހުސައިން އާއި ފަނޑިޔާރު މުއުތަސިމް އަދުނާނު އިއްޔެ ވަނީ ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރައްވާފައެވެ.

އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުﷲ ސައީދު އައްޔަންކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ރޭ ބޭއްވި ކުއްލި ޖަލްސާގައި އެ މަގާމަށް އަބްދުﷲ ސައީދު އައްޔަންކުރައްވަން ފެންނަކަމަށް މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެންނެވެ.

އަބްދުﷲ ސައީދަކީ ދިވެހިރާއްޖޭގެ އިންތިގާލީ ސްޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާކުރެއްވި ފަނޑިޔާރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355