twitterviber whatsapp telegramfacebookyoutube instagram
1st June 2026

ހދ އަތޮޅުގައި ލޮލު ރޯގާ ފެތުރެމުން ދާތީ އެކަމަށް ސަމާލުވުމަށް ޕަބްލިކް ހެލްތުން އިލްތިމާސް ކޮށްފި

Dec 15, 2014

ހދ އަތޮޅުގެ ބައެއް ރަށްރަށުގައި ގައި ލޮލު ރޯގާ ފެތުރެމުން ދާތީ އެކަމަށް ސަމާލުވުމަށް ޕަބްލިކް ހެލްތު ޔުނިޓުން އިލްތިމާސް ކޮށްފި އެވެ.

ކުޅުދުއްފުށީ ޕަބްލިކް ހެލްތުގެ ކޮމިއުނިޓީ ހެލްތް އޮފިސަރ ފާތުމަތު ހަސަން ވިދާޅުވީ ލޮލު ރޯގާ ފެތުރެމުން ދާކަމަށް މިހާތަނަށް ރެކޯޑް ކުރެވިފައިވަނީ ހަނިމާދޫ، ކުމުންދޫ، ހިރިމަރަދޫ، މަކުނުދޫ އަދި ކުޅުދުއްފުށިން ކަމަށެވެ.

މިދިޔަ ނޮވެމްބަރ މަހު މި ބަލިޖެހިފައިވާ ކަމަށް ރެކޯޑް ކުރެވިފައިވަނީ ޖުމްލަ 71 މީހުން ކަމަށާއި އޭގެތެރެއިން 10 ކުދިންނަކީ 5 އަހަރުން ދަށުގެ ކުދިންކަމަށްވެސް ފާތުމަތު ހަސަން ވިދާޅުވި އެވެ.

އެގޮތުން މިހާތަނަށް ކުޅުދުއްފުއްށީ ރީޖަނަލް ހޮސްޕިޓަލަށް މި ބަލިޖެހިގެން ދައްކާފައިވާ ކަމަށް ރެކޯޑް ކުރެވިފައިވަނީ 5 އަހަރުން ދަށުގެ 12 ކުއްޖަކާއި، 5 އަހަރުން މަތީގެ 44 ބަލިމީހެއް ކަމަށްވެސް ފާތުމަތު ވިދާޅުވި އެވެ.

ފާތުމަތު ވިދާޅުވީ ބަލިފެތުރެމުންދާ ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށް މިބައްޔާ ބެހޭގޮތުން މައުލޫމާތު ދިނުމަށް އަންގާފައިވާނެ ކަމަށާއި މި ބައްޔަށް ސަމާލުވުމަށް އަންގާފައި ވާނެ ކަމަށެވެ.

ލޮލުގައި އަތްލުމަށް ފަހު ނުވަތަ ކެއްސާ ކިނބިހި އެޅުމަށް ފަހު އަތް ދޮވުން އާދަކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ހދ އަތޮޅުގައި ލޮލު ރޯގާ ފެރުމުންދާ ކަމަށް ފުރަތަމަ ރެކޯޑް ކުރެވިފައިވަނީ މިދިޔަ ނޮވެމްބަރ މަހުތެރޭގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355