twitterviber whatsapp telegramfacebookyoutube instagram
14th February 2026

ހދ އަތޮޅު ކައުންސިލުން ކުޅުދުއްފުށީ ރައްޔިތުންނާ ބުރާސްފަތި ދުވަހު ބައްދަލު ކުރަނީ

Dec 16, 2014

ހދ އަތޮޅު ކައުންސިލުން ކުޅުދުއްފުށީ ރައްޔިތުންނާ އަންނަ ބުރާސްފަތި ދުވަހު ބައްދަލު ކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.

އަފީފުއްދީން ސްކޫލް ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހު ރޭ 8:45 ގަ އެވެ.

އަތޮޅު ކައުންސިލުން ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށްޓަކައި ބާއްވާ ބައްދަލު ވުމެއް ކަމަށް އަތޮޅު ކައުންސިލުން މައުލޫމާތުދެ އެވެ.

އަތޮޅު ކައުންސިލުން މީގެ ކުރިންވެސް ވަނީ އަތޮޅުގެ 12 ރަށަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ކައުންސިލާއި، މުއައްސަސާތަކާއި ރައްޔިތުންނާވެސް ބައްދަލު ކުރައްވާފަ އެވެ. އަދި އޭގެ އިތުރުން ކުޅުދުއްފުށީގެ ސްކޫލުތަކަށާއި، ރީޖަނަލް ހޮސްޕިޓަލް އަދި ބައެއް މުއައްސަސާތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ އިސްވެރިންނާ މުވައްޒަފުންނާ ވެސް ބައްދަލު ކުރައްވާފައިވާނެ ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

މި ބައްދަލުވުމުގައި ކުޅުދުއްފުށީގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ކައުންސިލުން ވަނީ އެދިލައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355