twitterviber whatsapp telegramfacebookyoutube instagram
1st June 2026

ގެއެއްގެ ފުރާޅު މައްޗަށް ރުކެއް ވެއްޓި ގެއްލުންތަކެއް ވެއްޖެ

Dec 19, 2014

އުތުރުގެ ރަށްތަކަށް ކުރަމުންދާ ވިއްސާރައިގައި މެންދުރު އައި ބާރު ވަޔާއި ވިއްސާރައާ އެކު ރުކެއް ބިންދައިގެން ގެއެއްގެ މައްޗަށް ވެއްޓި ގެއްލުންތަކެއް ވެއްޖެ އެވެ.

މިއަދު މެންދުރު 12 ޖަހާއިރު ހިނގި މިހާދިސާގައި ގެއްލުންވެފައިވަނީ ހދ.ކުޅުދުއްފުށީ ސަހޭލީގޭގެ އިތުމަތި ބަޔަށެވެ. މިހާދިސާގައި ގޭގެ އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

ރުއް ބިންދައިގެން ގޮސް ވެއްޓިފައިވަނީ ގޭގޭ ފުރާޅު މައްޗަށެވެ. ރުކުގެ ކުރިގަނޑު ވެއްޓި ފުރާޅަށް ވަނީ ގެއްލުންވެ 4 ޓިނު ގަނޑު ހަލާކުވެ ގޭގެ ތެރެއަށް ފެން އެޅިފަ އެވެ. ފެން އެޅުމުގެ ސަބަބުން ގޭގެ ބޭނުން ކުރާ ތަކެއްޗަށް ވަނީ ގެއްލުންވެފަ އެވެ.

މިހާދިސާގައި ގޭގެ އިތުމަތި ފަރާތު ފާރުގައި ވަނީ ރެނދުލާފަ އެވެ. ބިންދައިގެން ވެއްޓުނު ރުއް ހުރީ ސަހޭލީގޭގެ އިތުމަތި ފަރާތުގައި ހުރި ސަރުކާރުގެ ހުސް ބިމެއްގައި އެވެ.

[yass cats=157]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355