twitterviber whatsapp telegramfacebookyoutube instagram
12th August 2026

ނޮޅިވަރަންފަރުގައި ބަލިމަޑުކަމެއް ފެތުރިދާނެތީ ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

Dec 20, 2014

ހދ. ނޮޅިވަރަންފަރަށް އިއްޔެ ކުރި ވިއްސާރާގައި ޖަންކްޝަން ތަކުން ނަޖިސް ބޭރުވުމާ ގުޅިގެން އެރަށުގައި ފެތުރިދާނެ ބަލިމަޑުކަމަކުން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިލްތިމާސްކޮށްފި އެވެ.

ބޭރަށްހިންގުން ފަދަ ރޯގާއެއް ފެތުރުނަ ނުދިނުމަށްޓަކައި އެރަށުގެ އެއްވެސް ހިސާބެއްގައި ވަޅުފެން ކްލޮރިން ކޮށްގެން ނޫނީ ބޭނުން ނުކުރުމަށް އެޗްޕީއޭން ރޭ ނެރުނު ބަޔާނެއްގައި ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މި ބަޔާނުގައި އިލްތިމާސްކޮށްފައިވަނީ އާއްމު ސާފުތާހިރުކަމަށް އިތުރަށް ސަމާލުކަން ދިނުމަށާއި ރައްކާތެރިކަމާއެކު ނަގާ ވާރޭފެން ނުވަތަ ކެއްކިފެން ބުއިމަށާއި ކެއްކުމަށް ބޭނުން ކުރުމަށެވެ.

މީގެ އިތުރުން ކެއްކުމުގެ ކުރިންނާއި ފާޚާނާ ކުރުމަށް ފަހުގައި އަދި ކެއުމުގެ ކުރިން ރަނގަޅަށް ސައިބޯނިލައިގެން އަތްދޮވުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރެއިން ފެށިގެން ހުއްޓުމެއްނެތި ނޮޅިވަރަންފަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެރަށުގެ 45 ގެއަކަށް ފެނުގެ އަސަރުކޮށްފައިވެ އެވެ. އަދި ވައިގަދަވެ ބައެއް ގޯތިތަކުގެ ތެރޭގައި ހުރި ގަސްތައް ވެއްޓިފައިވީ ކަމުގައިވިޔަސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355