twitterviber whatsapp telegramfacebookyoutube instagram
11th April 2026

ހަނިމާދޫގައި އިމާރާތް ކޮށްފައިވާ ރޯހައުސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Dec 22, 2014

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ މަޝްރޫއުގެ ދަށުން ހދ ހަނިމާދޫގައި އިމާރާތް ކޮށްފައިވާ 100 ރޯހައުސްގެ ތެރެއިން 30 ރޯހައުސަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހަނިމާދޫގެ ރަށްވެހިނަށް ދޫކުރުމަށް ހަމަޖެހިފައިވާ މި 30 ރޯހައުސް އަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ ޖަނަވަރީ 26 ވަނަ ދުވަހު އެވެ.

މި ރޯހައުސްތަކަށް ޑަައުން ޕޭމަންޓުގެ ގޮތުގައި 19000ރ. ދައްކަން ޖެހެއެވެ. އަދި އިންސްޓޯލްމެންޓުގެ ގޮތުގައި މަހަކު ދައްކަން ޖެހެނީ 2500ރ އެވެ. އެއީ 20 އަހަރަށް ބަހާލައިގެންނެވެ.

ހަނިމާދޫ ދެކުނު ފަރާތަކުގައި އިމާރާތްކޮށްފައިވާ މި ގެތަކުގައި ހުންނަނީ 3 ކޮޓަރި އާއި ބަދިގޭގެ އިތުރުން ސިޓިންގ ރޫމެކެވެ.

ހަނިމާދޫގައި އިމާރާތްކޮށްފައިވާ 100 ރޯހައުސްގެ ތެރެއިން 70 ރޯހައުސްގައި މިހާރު ދިރިއުޅެމުންދަނީ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން އެރަށަށް ބަދަލުކުރި ހއ ހަތިފުށީ މީހުންނާއި މާފިލާފުށި މީހުންގެ އިތުރުން ފަރިދޫ 2 އާއިލާ އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355